މީސް މީޑިޔާއަކީ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. ތިމާ އެންމެ ހިތް އެދޭ މީހާގެ ސަމާލުކަން ހޯދުމަށް ވެސް މީސް މީޑިޔާގެ ބޭނުން ކުރެވިދާނެއެވެ.

ހިތް އެދޭކަން ސީދާ ދިމާއަށް ބުނުމުގެ ބަދަލުގައި މަޖާ މީމްސްތައް މެދުވެރިކޮށް ވެސް ހިތްއެދޭ މީހާގެ ސަމާލުކަން ހޯދިދާނެއެވެ. ހިތް އެދޭ މީހާގެ ސަމާލުކަން ހޯދުމަށް މިފަދަ އެތައް ކަމެއް ކުރެވިދާނެއެވެ.

ހިތް އެދޭ މީހާގެ ސަމާލުކަން ހޯދައި އޭނާއާއި ވާހަކަ ދައްކަން ފެށުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

އެމީހެއްގެ ޕޯސްޓުތަކަށް ކޮމެންޓް ކުރުން

އެމީހުންގެ ޕޯސްޓުތަކަށް އިމޯޖީ ބޭނުން ކޮށްގެން ނުވަތަ މަޖާ ގޮތަކަށް ތަޢުރީފު ކުރާށެވެ. ނަމަވެސް ކުރާ ހުރިހާ ޕޯސްޓަކަށް ކޮމެންޓް ނުކުރާށެވެ. ބައެއް ޕޯސްޓުތަކަށް ކޮމެންޓް ކުރާށެވެ. ކުރާ ކޮމެންޓު ވާންވާނީ އެމީހާގެ ސަމާލުކަން ލިބޭ ކަހަލަ ކޮމެންޓަކަށެވެ.

ތިބާގެ އެންމެ ރީތި ފޮޓޯ ހިއްސާ ކުރުން

ހިތްއެދޭ މީހާގެ ސަމާލުކަން ހޯދުމަށް ތިމާގެ ރީތި ''ކިއުޓް'' ފޮޓޯތައް ހިއްސާ ކުރާށެވެ. އެ ފޮޓޯތަކުން ތިމާގެ މައުސޫމްކަން ފެންނަ ފަދަ ފޮޓޯތަކެވެ.

އެމީހެއްގެ ސްޓޯރީތަކަށް ކޮމެންޓް ކުރުން

އިންސްޓަގުރާމުން މީހަކާއި ވާހަކަ ދައްކަން ފެށުމަށް އެންމެ އަވަސް އަދި އެންމެ ފަސޭހަ ގޮތަކީ އެމީހުންގެ ސްޓޯރީތަކަށް ކޮމެންޓް ކުރުމެވެ. ނަމަވެސް މިހެން ކޮމެންޓް ކުރާއިރު ތިމާ ހިތްއެދޭކަން ސީދާ އެނގޭނެ ގޮތަށް ވާހަކަ ނުދައްކާށެވެ.

ކެޕްޝަންތައް މަޖާކޮށް ލިޔުން

ސްޓޯރީ، ޕޯސްޓު ނުވަތަ ފޮޓޯއެއް ނަމަވެސް މަޖާ ކެޕްޝަންއެއް ލިޔާށެވެ. އަދި މި ކެޕްޝަންތައް ވާން ޖެހޭނީ ތިމާގެ ''ކްރަޝް'' ތިމާއަށް މެސެޖު ކުރަން ބޭނުންވާ ފަދަ ކެޕްޝަންއަކަށެވެ.

އެންމެ ހިތް އެދޭ މީހާގެ ސަމާލުކަން ހޯދުމަށް މީސް މީޑިޔާގެ ބޭނުން ވެސް މިގޮތަށް ކުރެވިދާނެއެވެ. ނަމަވެސް އެންމެ މުހިއްމު އެއް ކަމަކީ މާގިނަ ވަގުތު ބޭކާރުނުކޮށް ހިތުގައި އޮތް އެއްޗެއް ހާމަކުރުމެވެ. ނޫނީ ވަގުތު ބޭކާރުވެދާނެއެވެ.