މިދައްކަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު ބާރުން ކަންތައް ކުރަމުން އަންނަ ގޮތުގެ ވާހަކައެވެ. އިންސާނީ ހައްޤުތަކޭ ކިޔާ ދަޢުވާ ކުރާ އެންމެ ބޮޑު ޤައުމުން ކަންތައް ކުރާ ގޮތުގެ ވާހަކައެވެ. އެމެރިކާގެ ބޯޑަރުގައި ކަން ހިނގަމުން ދާ ގޮތުގެ ވާހަކައެވެ.
އެމެރިކާއަށް ޤަވާޢިދާ ޚިލާފަށް ހިޖުރަ ކުރާ މީހުން ހުއްޓުވުމަށް އެމެރިކާއިންވަނީ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން އެތެރެވާ ހިޖުރަވެރިންނަށްދަނީ ދެވެން އޮތް އެންމެ ބޮޑަތި ފިޔަވަޅު އަޅަމުންނެެވެ. އެމީހުންނާއި ދޭތެރޭ ކަންތައް ކުރަނީ ދިރިހުރި ފުރާނެއެއް ކުށަކާ ނުލާ ދުއްވާލާ މީހުންނަށް ކަންތައް ކުރާ ގޮތަށް ވުރެވެސް އިހާނެތިކޮށެވެ.
ބޯޑަރ ޕެޓްރޯލް ފެސިލިޓީގެ ނަމުން ނަންދެވިފައިވާ ޖަލުތަކުގައި މިމީހުން ބަންދު ކުރެވިފައިވާއިރު، މައިންނާއި ދަރިންވެސް ވަނީ ދުރުކޮށްފައެވެ. ނިދަން ބޮލުގައި އަޅާނެ ބާލީހެއްގެ މިންވަރުވެސް ނުދޭއިރު، ގައިމަތީ އަޅާނެ ތާމަލް ރަޖާގަނޑެއް ފިޔަވާ އިތުރު އެހެން އެއްވެސް އެއްޗެއް މިމީހުނަށް ނުދެއެވެ.
ތިރީގައި މިވަނީ އެތަނުގައި ކަން ހިނގާ ގޮތް ސިފަކޮށްދޭ ބައެއް މަންޒަރުތަކެވެ.



