ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ އާއިލާގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވިކަން މި ވަނީ ހާމަކޮށްފައެެވެ.

އެ މީހުން ފައްސިވެގެން މިހާރު ބަލިން ވަނީ ރަނގަޅުވެފައެވެ. އައްޒަގެ އާއިލާގެ އެންމެން ކޮވިޑަށް ފައްސިކަން ހާމަކޮށްފައި ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. އައްޒަ ކައިރިން އޭނާގެ ދަރިފުޅު އީތަން އާއި އޭނާ ކޮވިޑަށް ފައްސިވިތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން އައްޒަ ބުނީ އަހަރުމެން ކޮވިޑަށް ފައްސިވި ކަމަށެވެ.

"އަހަރެންނާއި އަހަރެންގެ މުޅި އާއިލާ ކޮވީޑަށް ފައްސިވި، އެހެން ނަމަވެސް އަހަރުމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައި، އަދި އެންމެންވެސް މިހާރު ރަނގަޅު". އައްޒަ ބުނެފައި ވެއެވެ.

އައްޒައަކީ ޔާރާ އާއިލާގެ އެންމެ ހަގު މެންބަރެވެ. އެ އާއިލާގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ރިޝްމީ ރަމީޒް އާއި އެ މީހުންގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު)އެވެ. މި ތިން މީހުންގެ އާއިލާގެ ތެރެއަށް ދެން ވަދެފައި ވަނީ އަބްދުﷲ މުއާޒް (މުއާ)އާއި ރަވީ ފާރޫގް އެވެ. މިއީވެސް ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ ވިދުން ގަދަ ދެ ތަރިންނެވެ.

ޔާރާ ޕްރޮޑަކްޝަން އާއިލާއަކީ ކޮވިޑާއި ގުޅިގެން މީހުން ހޭލުންތެރި ކުރުވުމަށް ގިނަ ވީޑިއޯތައް ހަދައި އެތައް ބައެއްގެ ސަމާލުކަން ހޯދި ބައެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގައި މިހާރު 71000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެ ބަލީގައި 205 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަހޫ

  މިކަހަލަ ހައްޕުނޑު ވާހަތިލިޔާނީ ލިޔާނެ ހަބަރެއް ނެތީތޯ.

  44
  5
 2. މޫސް

  މިރަށު ބޮޑު މިސްކިތު މުދިމުގެ އާއިލާ އެއްކޮށް ކޮވިޑަށް ފައްސިވެފަ އެވާހަކައެއްނުޖަހާ

  36
 3. މުއާބެ

  ކޮން އައްޒަ އެއްތަ އަހަރުން ނުދަންނަން ތިކަހަލަ ބޮޓުންނެއް

  11
  1
 4. މޮހޮނު

  އަޅުގަނޑުމެންވެސް މުޅި ޢާއިލާ ކޮވިޑަށް ފައްސިވި
  އަދި މިނޫނަސް ކިތަންމެ ޢާއިލާއެއް ފައްސިވެފަ ހުންނާނެ.

  10