އިންސާނުންނަކީ ފައިސާގެ ކަންކަމުގައި އަނެކާއަށް އިތުރުބާރު ކުރާ ބައެއް ނޫނެވެ. މަދު ފަހަރަކު ބައެއް މީހުން ރަހުމަތްތެރިންނާއި ފައިސާ ބަލަހައްޓަން ހަވާލު ކުރިއަސް ގިނަ މީހުން އެކަން އެގޮތަށް ނުކުރާނެއެވެ.

މިގޮތަށް އިތުބާރު ނުކުރާ މީހަކަށް ޖަވާހިރެއް ފަދަ "ގާޑެއް" މިވަނީ ލިބިފައެވެ. އޭނާގެ ފައިސާތައް ބަލަހައްޓަމުން އަންނަނީ އޭނާގެ މީގެ ދުވަސްކޮޅެއް ކުރިން ސަލާމަތް ކޮށްފައިވާ މުގޮށި މީދަލެވެ.

މެހްމެޓް ޔުސެލް ނަމަކަށް ކިޔާ ތުރުކީއަށް ނިސްބަތްވާ އެ މީހާ ބުނެފައިވަނީ އޭނާ އެ މުގޮށި މީދާ ސަލާމަތް ކޮށްފައިވަނީ އެކަން ވަރަށް ހާލުގައި އިތުރު ދެ މީދަލާއި އެކީ ތިއްބާ ކަމަށާއި އޭގެ ފަހުން އެއަށް ކާންދީ އޮޅު ކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ، އެ މީދާ އޮޅު ކުރި ފަހުން އަބަދު ވެސް އޮންނަނީ ފައިސާ ރައްކާ ކޮށްފައި ހުންނަތާ ކައިރީގައި ކަމަށާއި އޭނާ ފިޔަވައި އިތުރު މީހަކު ފައިސާ ނަގަން މަސައްކަތް ކޮށްފިނަމަ، ދުރުކޮށްލާ ކަމަށެވެ.

"ހީވަނީ އޭތި ސަލާމަތް ކޮށްދިނީމަ އަޅުގަނޑަށް ބަދަލު ދެނީ ކަމަށެވެ. އެއީ އަޅުގަނޑުގެ ފައިސާ ބަލަހައްޓާ މީދަލަކަށް ވެގެން ހުރެ" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުން އެކަން އެހެން މީހުންނަށް އެނގިގެން ދިއުން މުހިންމު ކަމަށާއި އެކަމުގެ ސަބަބުން އެފަދަ ޖަނަވާރުތަކަށް އަޅާލުމަށް އެހެން މީހުން ވެސް ބޭނުން ވާނެއެވެ. އަދި އެފަދަ ހާލުގައި އުޅޭ ޖަނަވާރުންނަށް އެހީވުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ

    ލޯބިކަން..މިރާއްޖޭގެ ފިހާރަތަކުގަވެސް މީގެ މީދާތަކެއް ބައިތިއްބަން ފެނޭ..

  2. މީދާ

    ވ ލޯބި މުގޮށި މީދާ!