އިންޑިޔާގެ ރޭލު ސުޓޭޝަނެއްގައި ފުލުހަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެނަކަށް ފުރައްސާރަކޮށްފައިވަނީ އޮން ޑިއުޓީގައި ހުރި ފުލުހެކެވެ. މިމައްސަލަ ފުލުހުން ތަޙްޤީޤް ކުރަމުންދާއިރު، މި ފުލުސް މީހާ އަންހެން މީހާއަށް ގޯނާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޓުވިޓަރ އަދި ފޭސްބުކްގައި ވަނީ އާއްމުވެފައެވެ.

މިވީޑިއޯއިން ފެންނަ ގޮތުން ފުލުސް މީހާވަނީ އަންހެން މީހެއްގައިގައި އެންމެންގެ ކުރިމަތީގައި އަތްލަން ނުޖެހޭ ހިސާބުތަކުގައި އަތްލާފައެވެ. އެތަނުގައި އެއްވެ ތިބި މީހުން މިކަން ހުއްޓުވި އިރު، ވީޑިއޯއިން ފެންނަ ގޮތުގައި ވީޑިއޯ ކުރަން ފެށުމުންވެސް މިފުލުސް މީހާ ކެމެރާމަތީ އަތް އަޅާ ފޮރުވާ އެ އަންހެން މީހާގެ ގައިގައި އަތްލަމުން ދިޔައެވެ.

ފުލުހުން މިހާރު މިމައްސަލަ ބަލަމުން ދާއިރު، މިފުލުސް މީހާވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އިންޑިއާ ގައި ދެން އެހެން ކަމެއް ހަމަ ނެތިއްޔޭދޯ. ޢަޖައިބެއް ކަހަލަ ބައްޔެއްތާދޯ މިޖެހުނީ އިންޑިއާ މީހުނަށް. ހުރިހާވެސް މައްސަލަ އަކީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. މިމީހަކު އައިފަހުން މުޅިގައުމު އެ ދަނީ ބޮއްސުންލައިގެން.

  2. ޖޮއްބެ

    މައްސަލަ ބަލާ، ތަޙުގީގުކުރަން ތިބޭ މީހުން(ފުލުހުން) ޖަރީމާ ހިންގަން ފެށީމާ ދެން ކަންކަން ރަގަޅުކުރާނީ ކިހިނެތް....؟