އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ހުރި ދެ އަނބު ގަސް ވަގުންގެ ކިބައިން ސަލާމަތް ކުރަން ތިން ގާޑުންނާއި ހަ ކުއްތާ ހަމަޖަައްސައިފިއެވެ.

މި ދެ ގަހަކީ މީގެ އެތައް އަހަރެއް ކުރިން ސަންކަލްޕް އާއި އޭނާގެ އަންހެނުން ރާނީ ޕަރިހާރް އިންދި އަނބު ގަސް ތަކެކެވެ. ދަނބު ފާޑެއްގެ ކުލައަކަށް ހުންނަ މި އަނބު ގަސްތައް އިންދި އިރު މީގެތެރޭގައި ދުނިޔޭގެ ބާޒާރުގައި އެންމެ އަގުބޮޑު އަނބު އަޅާ ގަސްތައް ހުރިކަމެއް ދެމަފިރިންނަށް ނޭނގެއެވެ.

މިޔަޒާކީ އަނބަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަނބުގެ ވައްތަރެވެ. މިދިޔަ އަހަރު މީގެ އެއް ކިލޯ އަނބު ވިކުނު އަގަކީ 3،641.56 ޑޮލަރަށެވެ.

މި ދެ ދަނޑުވެރިން ބުނެފައިވަނީ އެހާ މަދުން ލިބޭ މޭވާއެއްް އެމީހުން ހައްދަން ފެށުމުން އެކަން އާންމުންނަށް އެނގިގެން ބައެއް މީހުން ވައްކަން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި ދެ މީހުން އެ ގަސްތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރެއެވެ. އެގޮތުން އެމީހުން ވަނީ ގަސްތައް ރައްކާތެރި ކުރުމަށް ތިން ގާޑުންނާއި ހަ ކުއްތާ އެ މަގާމަށް ގެނެސްފައެވެ.

"ޗެންނާއީ އަށް ތަފާތު ވައްތަރެއްގެ ގަހެއް ހޯދަން ދަތުރުކުރިން. އެ ދަތުރުގައި އަހަރެމެންނާއި ރޭލުން ބައްދަލުވީ މީހަކު މީގެ ވަރަށް ކުދިކުދި ގަސްތަކެއް އަހަރުމެންނަށް ދީފަ ބުނި އަހަރެމެންގެ އަމިއްލަ ދަރިން ފަދައިން މި ގަސްތައް ރަނގަޅަށް ބަލައިދޭން އެދުނު. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ އަނބެއް އަޅާ ގަހެކޭ ބުނި". އެ ތަނުން އެކަކު ކިޔައި ދިނެވެ.

ބޮޑު އަގުގައި ވިޔަސް އަނބު ގަންނަން ތައްޔާރަށް މީހުން ތިބި ކަމުގައި ވިޔަސް މި މީހުން ނިންމާފައިވަނީ އަދި އެއްވެސް ވަރަކަށް އަނބު ނުވިއްކާ އިތުރަށް ގަސްތައް ގިނަކޮށް، ދަނޑުވެރިކަން ފުޅާ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު