ބޮލީވުޑުގެ ސްޕަ ސްޓާ ކިންގް ޚާން އާއި ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޝާހުރުކް ޚާނަކީ އެކްޓު ކުރުމުގެ އިތުރަށް އިންސާނިޔަތު ކަމުގެ ރީތި ނަމޫނާ ދައްކުވައިދޭ މަޑުމައިތިރި ފަންނާނެކެވެ.

ޝާހުރުކް ޚާނާ ބެހޭގޮތުން މި ކަންތައްތައް އެނގޭ ހެއްޔެވެ؟

ހަނދުން ބައެއް ގަނެފައިވޭ

އޮސްޓްރޭލިޔާގެ ސަޕޯޓަރެއް ޝާހުގެ ކޮންމެ އަހަރެއްގެ އުފަން ދުވަހު ހަނދުން ބައެއް ގަނެ އޭނާއަށް ހަދިޔާ ކުރެއެވެ. އަދި ސީ އޮފް ޓްރޭންކުއެލިޓީން ވެސް ބައެއް ގަނެ ހަދިޔާ ކޮށްފައިވެއެވެ.

ޝާހުގެ އެވޯޑެއް ސަލްމާނަށް ދީފައިވޭ

1998 ވަނަ އަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުމުން އެ ހަފުލާގައި ޝާހު ސަލްމާނު ސްޓޭޖަށް ގެނެސް އޭނާއަށް އެވޯޑްދީފައިވެއެވެ.

555 އަށް އޮންނަ ޝައުގު

ޝާހު އާއި އޭނާގެ ހުރިހާ މުވައްޒަފުންގެ ފޯނު ނަންބަރުގައި 555 ވެއެވެ.

ހޮލީވުޑު ތަރިންނަށް ވުރެ މުއްސަނދި

ދުނިޔޭގެ އެންމެ މުއްސަނދި ފަސް އެކްޓަރުންގެ ލިސްޓުގައި އެތައް ފަހަރެއްގެ މަތިން ހިމެނިފައިވެއެވެ. ޓޮމް ކުރޫސް، އެޑަމް ސެންޑްލަރ ފަދަ އެތައް އެކްޓަރުންނަށް ވުރެ މުއްސަންޖެވެ.

ޑީޑީއެލްޖޭގެ ސްކްރިޕްޓް ނުކިޔާ ފިލުމު ކުޅުމަށް އެއްބަސްވުން

ޝާހުގެ އެންމެ މަގުބޫލު ފިލުމު ކަމުގައިވާ ޑީޑީއެލްޖޭ ކުޅުމަށް އޭނާ އެއްބަސްވެފައިވަނީ ސްކްރިޕްޓް ވެސް ނުކިޔައެވެ. ޑައިރެކްޓަރ އާދިތުޔަ ޗޯޕްރާއަށް އޮތް ލޯތްބާއި އިތުބާރަށް ބަލައިފައެވެ.

އައިސްކްރީމް ކާހިތެއް ނުވޭ

އައިސްކްރީމްއާއި ފޮނި އެއްޗެހި ކެއުމަކީ ޝާހު ކުރާ ހިތްވާ ކަމެއް ނޫނެވެ.

ކައިވެނީގެ އަނގޮޓި

ކައިވެންޏަށް 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް އޭނާގެ ކަނާއަތުގެ އިނގިއްޔެއްގައި ކައިވެނީގެ އަނގޮޓި އޮވެއެވެ.