2003 ވަނަ އަހަރު ޖޯން އަބްރަހަމްއާއި އެކު ފިލުމު ''ސާޔާ'' ކުޅުމަށް ކެޓްރީނާ ކައިފް ހަމަޖެހިފައިވަނިކޮށް، އެ ފިލްމްގައި ލީޑް ރޯލުން ފެނިގެންދާ ޖޯން ވަނީ ކެޓްރީނާ ފިލުމުން ބޭރުކޮށް ތާރާ ޝަރުމާ އެ ފިލުމަށް ހަމަޖައްސައިފައެެވެ.

މިކަމާއި ކެޓްރީނާ ވަރަށް ހިތާމަ ކުރިއެވެ. އަދި ތިން ދުވަސް ވަންދެން ރޯންވެސް ރުޔެވެ.

އެކަމުގެ ތަފްސީލް ހާމަކުރަމުން އިންޑިޔާ ޓީވީއަށް ސަލްމާން ދިން އިންޓަވިއުއެއްގައި ބުނީ، މި ފިލުމުން ރޯލު ގެއްލުމުން ތިން ދުވަސް ވަންދެން ކެޓްރީނާ ރުއިކަމަަށެވެ.

''ވަރަށް ކުރިން ޖޯން އަބްރަހަމް ކެތުރީނާ ފިލުމަކުން ބޭރުކޮށްލި. އެވަގުތު ކެޓްރީނާ ހުރިގޮތް މިހާރު ވެސް ސިފަވޭ. ކެޓްރީނާ އެ ފިލުމުން ބޭރުކޮށްލުމަށް ފަހު ފިލުމަށް ހަމަޖެހުނީ ތާރާ ޝަރުމާ. އެކަމާއި ދެރަވެގެން ތިން ދުވަސް ވަންދެން ކެޓްރީނާ ރުއި. އޭނާގެ މުޅި ކެރިއަރ އެ ހިސާބުން އެ ނިމުނީ ކަމަށް ބުނެ ވަރަށް ރުއި. ތިން ދުވަސް ވަންދެން ކެޓްރީނާގެ ރުއިން އަޑުއަހަން ޖެހުނު'' އިންޓަވިއުގައި ސަލްމާން ބުނެފައިވެއެވެ.

ކެޓްރީނާ ހަމައަކަށް އަޅުވަން ވާހަކަ ދައްކަމުން ސަލްމާން ބުނެފައިވަނީ އޭނާގެ ކެރިއަރ އެ ހިސާބުން ނުނިމޭ ކަމަށެވެ. މުޅި އިންޑިޔާއިން ވެސް ފާހަގަ ކޮށްލެވޭނެ އެކްޓަރަކަށް ވާނެ ކަމަށެވެ.

ފަހުން މި ވާހަކަތައް ހަނދާންވުމުން ކެޓްރީނާ ވެސް ހޭނެ ކަމަށް ސަލްމާން ބުނެފައިވެއެވެ. މިއަދު ކެޓްރީނާއަކީ އިންޑިޔާގައި ވެސް ފާހަގަ ކޮށްލެވޭ އެންމެން ދަންނަ ފަންނާނެއް ކަމަށް ވެސް ސަލްމާން ފާހަގަ ކޮށްފައިވެއެވެ.

ސަލްމާނާއި ކެޓްރީނާ ވަނީ އެކުގައި އެތައް ފިލުމެއް ކުޅެފައެވެ. މެއިނޭ ޕިޔާރު ކިޔުން ކިޔާ، އޭކްތާ ޓައިގަރ، ޓައިގަރ ޒިންދާހޭ ފަދަ ފިލުމުތަކެވެ.

މި ދެފަންނާނުން ވެސް މިހާރު ތައްޔާރުވަމުން ދަނީ ޓައިގަރ ގެ ތިން ވަނަ ފިލުމަށެވެ.