ބޮލީވުޑުގެ ބައިޖާން ބާއީއާއި އެކު ފިލުމު ކުޅެން ބޭނުންވާ އެތައް ފަންނާނުންނެއް އެބަތިއްބެެވެ. ހަމައެފަދައިން ސަލްމާން ޚާންއާއި އެކު ފިލުމު ނުކުޅޭނެ ކަމަށް ބުނެފައިވާ ފާހަގަ ކޮށްލެވޭ މަޝްހޫރު ބައެެއް ފަންނާނުން ވެސް އުޅެއެވެ.

ސަލްމާންއާއި އެކު ފިލުމު ކުޅެން ބޭނުން ނުވާ ކަމަށް ބުނެފައިވާ ބައެއް އަންހެން ފަންނާނުންނަކީ:

ދީޕިކާ ޕާޑުކޯން

ޝާހުއާއި ރަންބީރުއާއި ރަންވީރު އަދި އަމީތާބާއި އެކު އެތައް ކާމިޔާބު ފިލުމެއް ކުޅެފައިވާ ދީޕިކާއަށް ސަލްމާންގެ އެތައް ފިލުމު އެތައް ފަހަރެއްގެ މަތިން ހުށަހެޅުމުން ވެސް އޭނާ ވަނީ އެ ފިލުމުތަކަށް ނޫނެކޭ ބުނެ ސަލްމާންއާއި އެކު ފިލުމު ކުޅެން ބޭނުން ނުވާކަން ހާމަކޮށްފައެވެ.

އައިޝްވާރިޔާ ރާއީ ބައްޗަން

ހަމް ދިލް ދެ ޗުކޭ ސަނަމްއަށް ފަހު ސަލްމާން ޚާނާއި އެކު އެއްވެސް ފިލުމެއް އައިޝްވާރިޔާ ކުޅެފައެއް ނުވެއެވެ.

އުރުމިލާ މާޓޮންޑްކަރު

1999 ވަނަ އަހަރު ޖާނަމް ސަމްޖާ ކަރޯ ފިލުމު ސަލްމާން ޚާނާއި އެކު ކުޅުމަށް ފަހު އުރުމިލާއާއި ސަލްމާން ވެސް އެކުގައި ފިލުމެއް ކުޅެފައެއް ނުވެއެވެ.

ސޮނާލީ ބެންޑްރޭ

ހަމް ސާތު ސާތު ހެއިން އަށް ފަހު ސަލްމާނާއި ސޮނާލީ ވެސް އެކުގައި ފިލުމެއް ކުޅެފައެއް ނުވެއެވެ. ސަލްމާނާއި ސޮނާލީއަކީ ކުރިން ލޯބީގެ ގޮތުން ގުޅިފައިވާ ދެ ފަންނާނުންނެވެ.

ޓުވިންކަލް ކަންނާ

ފިލުމު ޖަބް ޕިޔާރު ކިސީސޭ ހޯތާހޭއަށް ފަހު ސަލްމާން ޚާނާއި އެކު ކުޅެން ލިބުނު ހުރިހާ ރޯލަކަށް ވެސް ޓުވިންކަލް ވަނީ ނޫނެކޭ ބުނެފައެެވެ.

މި ތަރިން ސަލްމާނާއި އެކު ފިލުމު ކުޅުމަށް ނޫނެކޭ ބުނި ނަމަވެސް އާލިއާ ބަޓް، އަނުޝްކާ ޝަރުމާ ފަދަ ތަރިން އިންތިޒާރު ކުރަމުން ދަނީ އެފަދަ ފުރުސަތަަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާނީ

    ސާބަސް. ސޮނާލީ އުރްމީލާ ޓުއިންކަލް މި މީސްމީހުންނަށް ފިލްމެއް މިހާރު ދޭނެބަޔަކުނުވޭ އެމީހުންނަށް ފުރުސަތު ނުލިބޭތީ ނުކުޅެނީ. ލޯބީގެ ގޮތުން އެންއިރަކުވެސް ސޮނާލީއަކާ ސަލްމާންއެއް ގުޅިފައެއްނުވޭ

    6
    1
  2. ތަކުރު

    ހަމަ އެއްޗެއް ލިޔަން ވީނު

  3. މުބީނު މާރނީ

    (1) އައިޝްވަރްޔާ ނުއިނީ އަނިޔާކުރާތީ. (2) ޖެކިއުލިން އަށް ކަމުދަނީ ރަށްޓެއްސަކަށް އެކަނީ. (3) ސަންގީތާ ބިޖްލާނީ ވެސް ކައިވެނީގެ ކާޑު ހެދުމަށްފަހު ވަކިވި. (4) ސޯމީ ޢަލީ އަށް ކަމުނުދިޔައީ ރާބޯތީ. (5) ޖޫހީ ގެ މައިންބަފައިން އިންނަން ޤަބޫލް ނުވީ "އުޅުމެއް ނެތީމާ".

    1
    1
    • ކިޔާ

      ހިސާބަށްވުރެ އަންހެނުން ހިތިވުންވެސް އެއީ ކަމުނުދާ ސިފައެއް.އެމީހެއްދެކެ ކިތަންމެ ލޯބިވިޔަސް މިކަހަލަ މީހަކާ އެއްކޮށް ނޫޅެވޭނެ..