އޭޓީއެމް އެއްގެ ތެރޭގައި ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ހަލާކުކޮށްލި ކަމުގެ އިލްޒާމު، މީދާތަކެއްގެ ބޮލުގައިވަނީ އަޅުވާފައެވެ. އިންޑިޔާގެ ސިޓީއެއްގައި މިކަން ހިނގާފައިވާއިރު، އެމެޝިނު ތެރޭގައި ހުރި ހުރިހާ ފައިސާ ނޫޓުތަކެއް، އެމީދާވަނީ ކާލާފައެވެ.

އަނެއްކާވެސް، މީދަލުގެ ސަބަބުން އެޤައުމަށްވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. މި ފަހަރު މީދަލުގެ ފަރާތުން ގެއްލުން ލިބިފައިވަނީ އެޤައުމުގެ ލުދިއާނާގެ ފްލައިއޯވަރ ހައިވޭ އަކަށެވެ. މިފަދަ ހައިވޭތަކަކީ މަގުގައި ޓްރެފިކް ބާރުބޮޑުވުން ކުޑަ ކުރުމަށް، މަގުގެ މަތިން އަޅާފައި އޮންނަ ބްރިޖެކެވެ.

ފްލައިއޯވަރ އެއް

ރިޕޯޓުތައް ބުނާގޮތުގައި، މި ފްލައިއޯވަރ ހައިވޭ ބަލިކަށިވާކަން ދެނެގަނެވިގެން، ކުރި އިންސްޕެކްޝަން ނުވަތަ ބެލި ބެލުމުން ހާމަވިގޮތުގައި، އެކަން ކުރިމަތިވެފައިވަނީ، ތަނބުގެ ބައެއް، މީދާތައް ކަމުން ގޮސްފައިވުމުންނެވެ. މިކަމުގެ ސަބަބުން، އެތައް ބަޔަކަށް ހައިރާންކަންވެސް ލިބިގެންދިޔައެވެ.

އިތުރަށް ބެލި ބެލުންތަކުން މިކަން އިތުރަށް ކަށަވަރުވެފައިވާއިރު، ހައިވޭގެ ތަނބު ކައިރީގައި މީދާ އުޅޭކަމުގެ ނިޝާންތައްވަނީ ފެނިފައެވެ. އަދި، އެސޮރުމެން އުޅޭ ތަނެއް، ފްލައިއޯވަރގެ ދަށުން ފެނިފައިވާކަމަށްވެސް، ރަސްމީ ފަރާތްތަކާ ހަވާލާދީ އިންޑިޔާގެ މީޑިޔާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެޓޭ

    ފުލޯކު ވާހަކައެއް! އިންޑިއާ ކަނޑުކޮހުން ދެކޭގޮތް އެއީ! ކަލެއްކަމަށް ހަދައިގެން ގެރިޔަށްވެސް އަޅުކަން ކުރާ ބައިގަނޑެއްނު އެއީ!

  2. ހުސޭނުބޭ

    ތިކަމުން ކުރަންވީ އުފަލެއްނު! އެމީހުންނަކީ މީދަލަށްވެސް އަޅުކަންކުރާ ބަޔެއް! އެންމެ ފަހުން ކަލާނގެ ސަބަބުން ބޮޑު ގެއްލުމެއް! ލޮލް