އާދަޔާ ހިލާފަށް ކިޑްނީ ބޮޑުވެފައިވާ މީހެއްގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިއްޖެއެވެ.

އިންގްލޭންޑަށް އުފަން 54 އަހަރުގެ ވަރެން ހިގްސްގެ ކިޑްނީ އާދަޔާ ހިލާފަށް ބޮޑުވެފައިވަނީ "ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް" (ޕީކޭޑީ) ގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ގާތްގަނޑަކަށް 40 ކިލޯއަށް ކިޑްނީ ބޮޑުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޑްނީ އާދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ސްޓްރޯކް ޖެހޭ ކަމަށް އޭނާ ވަނީ ސީއެންއެން އަށް މައުލޫމާތު ދެމުން ބުނެފައެވެ. އެގޮތުން އެންމެ ފަހުން ސްޓްރޯކް ޖެހިފައިވަނީ މީގެ 15 އަހަރު ކުރިން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ ކުރިން އިތުރު ހަ ސްޓްރޯކް ވަނީ ޖެހިފައެވެ.

ކިޑްނީ ބޮޑުވުމުގެ ސަބަބުން ނޭވާލާން އުނދަގޫތަކެއް ހުރި ކަމަށާއި އެކަމުގެ ސަބަބުން ފުއްޕާމޭ ފިތޭހެން ހީވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، ޕީކޭޑީގެ ސަބަބުން ކިޑްނީގައި ސިސްޓްތައް އުފެދޭ ކަމަށާއި އެކަމުގެ ސަބަބުން ކިޑްނީ ފަންކްޝަން ދަށްވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ކިޑްނީ މަސައްކަތް ކުރުން ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ޑޮކްޓަރުންނާއި ހަވާލާދީ ބުނެފައިވަނީ މިހާތަނަށް އެގޮތަށް ބޮޑުވެގެން އޭނާ ފިޔަވައި އިތުރު ބަޔަކު ދައްކާފައި ނުވާ ކަމަށާއި އޭނާގެ ކީޑްނީ ބޮޑެވެފައިވަނީ ދުނިޔޭގެ މީގެ ކުރީގެ ރިކޯޑު އޮތް މީހާގެ ކިޑްނީއަށް ވުރެ ބޮޑު ކޮށް ކަމަށެވެ.

އޭނާގެ ކިޑްނީ އޮޕަރޭޝަނަށް ފަހު ޑައިލިސިސް ހަދަން ޖެހޭނެ ކަމަށާއި ޑޮކްޓަރުން ދޭ އިޝާރާތައް ބަލާނަމަ، 3-4 އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.