އިންޑިއާގައި މީގެ 10 އަހަރު ކުރިން ހިނގި ރޭލު އެކްސިޑެންޓެއްގައި މަރުވި ކަމަށް ނިންމި އުމުރުން 38 އަހަރުގެ މީހަކު 11 އަހަރު ފަހުން ދިރިހުއްޓާ ފެނިއްޖެއެވެ.

ޖްނަނެސްވަރީ ރޭލު އެކްސިޑެންޓް ހިނގިިއިރު، އޭނާގެ އުމުރަކީ 27 އަހަރެވެ. މި މީހާ ދިރިހުރިކަން ހާމަވެގެން ގޮސްފައި ވަަނީ ސީބީއައިއިން ކޮލްކަޓާއަށް ނިސްބަތްވާ އަމްރިތްވާން ޗައުދަރީ ހައްޔަރުކުރި ފަހުން ހޯދި ހޯދުންތަކުންނެވެ.

ޗައުދަރީ އަކީ އެ އެކްސިޑެންޓްގައި މަރުވި ފަސެންޖަރުންގެ ލިސްޓުގައި ހިމެނޭ އެކަކެވެ. އެއި 2010 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ދެ ރޭލު ޖެހިގެން ހިނގާދިޔަ އެކްސިޑެންޓެވެ. އެ އެކްސިޑެންޓްގައި 148 ފަސެންޖަރުން މަރުވިއެވެ.

ސީބީއައި އޮފިސަރުން ހިންގި ތަހުގީގަށް އެ އެކްސިޑެންޓްގައި މަރުވި ކަމަށް ނިންމި ޗައުދަރީގެ ޑީއެންއޭ އެއިރު ހަދާފައިވާއިރު، އެއީ އޭނާކަން ވަނީ ކަށަވަރުވެފައެވެ. އެހެންވެ އެއިރު އޭނާގެ އާއިލާއާ ހަށިގަނޑު ހަވާލު ކުރިއެވެ. އެހެންކަމުން ފަހުން ހޯދުންތަކުން އެނގޭގޮތުގައި އާއިލާއާ ހަވާލު ކުރެވުނީ ޗައުދަރީގެ ހަށިގަނޑެއް ނޫން ކަމެވެ.

މިހާރު ޗައުދަރީގެ އާއިލާއިން ވަނީ އެ ހާދިސާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އާއިލާއަށް ދިން 400،000 ރުޕީސް އަނބުރާ ރައްދު ކުރުމުގެ މަސައްކަތްތައް ފަށާފައެވެ.

2010 ވަނަ އަހަރުގެ މި މައްސަލައާ ގުޅިގެން ހޯދި ހޯދުންތަކާއި ހަވާލާދީ ސީނިއާ އޮފިސަރަކުން ބުނެފައި ވަނީ، އެހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ވަކި ކުރަން އެނގޭ ކަމަށާއި، އެހެން ނަމަވެސް ކާކުކަން ނޭނގޭ ވަރަށް ވަކި ނުކުރެވޭ މީހުންގެ ހަށިގަނޑުތައްވެސް ހުރި ކަމަށެވެ. އަދި މިގޮތަށް މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުކޮށްފައި ވަނީ ޑީއެންއޭ ދިމާވުމުން ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކުން މާބޮޑު އިތުރު ވާހަކަތަކެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާއެ 11 އަހަރު ތެރޭގައި އުޅުނު ތަނަކާއި، އާއިލާއަށް އެކަން އެނގޭ ކަމެއް ނުވަތަ ނޫންކަމެއްވެސް ރިޕޯޓްތަކުން ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމްސިއްޔާ

    ކިހިނެތް ގަބޫލު ކުރާނީ. ދެން 11 އަހަރުވަންދެން އޭނަ އުޅުނީ ކޮންތާކު؟؟ އާއިލާއަށްވެސް ނޭންގީ؟؟

  2. އަހްމަދު

    މަރުވި މީހަކު ދެވަނަފަހަރަށް ދިރޭނީ މަޙްޝަރު ދުވަހުން ﷲގެ އަމުރުފުޅަށް. މިކަހަލަ ޚަބަރުތަށް މުސްލިމުން ލިޔަންވާނީ މަރވިކަމަށް ބެލެވުނުމީހަކު ދިރިހުއްޓާ ފެނުނުކަމަށް.