އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ ލީޑަރެއްގެގެއިން 40 ކުރޯޑް ރުޕީސްގެ ހިރޮއިން އާއި ޕާޓީ ޑްރަގް ފުލުހުން އަތުލައިގެންފި އެވެ.

އިންޑިއާގެ މަނިޕަލް ޑިސްޓިކްޓްގެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހިރޮއިންގެ އިތުރުން 280،000 ގުޅަ ޕާޓީ ޑްރަގްސް ވަނީ އަތުލައިގެންފައެވެ. އަދި މި އޮޕަރޭޝަންގައި އަތުލައިގަތް ހެރޮއިންގެ ބަރުދަނުގައި 4 ކިލޯ ހުއްޓެވެ.

އިންޑިއާގެ އަވަށެއް ކަމަށްވާ މޮރޭ ޓައުންގައި ހުންނަ ގެއަކުން ރޭގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަންގައި 13 ލައްކަ ރުޕީސް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގެއަކީ އެ އަވަށުގެ ބީޖޭޕީގެ ލީޑަރު ލުންކޮސޭ ޒޮއު ދިރިއުޅޭ އޭނާގެ ގެއެވެ.

ގިނަ އަދަދެއްގެ ހަތިޔާރާއި އެކު ފުލުހުން މި ތަކެތި ހޯދާފައިވަނީ އެ ގޭގެ ސީލިންގް ތެރެއިންނާއި , ސައިބޯނި އުރަތަކަށް ލާފައި މިތަކެތި ފޮރުވާފައި ހުއްޓައެވެ. މިމައްސަލަ އާއި ގުޅިގެން ޒޮއު އާއިއެކު 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާގެ ވެެރިކަން ކުރާ ޕާޓީގެ ލީޑަރުންތަކެއް މީގެ ކުރިންވެސް ވަނީ ތަފާތު އެކި މައްސަލަތަކުގައި ހައްޔަރުކޮއްފައެވެ. އެ ގޮތުން މިއަހަރު މާޗް މަހު އިންޑިއާގެ ބިހާރުގައި ކާރަކުން ޖައްސައި ނުވަ ކުޑަކުއްޖަކު މަރާލި ކަމުގެ ތުހުމަތު ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު ބައިތާގެ މައްޗަށް ވަނީ ކޮށްފައެވެ.

އެހާދިސާއާ ގުޅިގެން ވެރިކަން ކުރާ ބީޖޭޕީން ވަނީ ބައިތާ ޕާޓީން ވަކިކޮށްފަ އެވެ. އަދި އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ބައިތާ ކާރު ދުއްވީ މަސްތުވެގެން އިނދެ ކަމަށް ތުހުމަތުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ. ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  2. ޒާ

    މީ މިރާއްޖޭގައި ކުރިން 3 އަހަރު ވެރިކަމެއްކުރިކަހަލަ ވެރިކަމެއް ހިންގާ އިންޑިއާއެއް.

  3. ޖުސޭނުބޭ

    ޖީއެމްއާރު ޑީލްގެ ދަށުން ރާއްޖެ ފޮނުވަން ހުރި ތަކެތީ!!!!!

  4. ނަސީދު

    ތީ އެގައުމުގެ ފުލުހުން އެގެއަށް ވެއްދި އެއްޗެހި ކެނެރީ ނަސީދުވެސް ބުނީ ހަމަ މިހެން.......