ބޭނުން ކޮށްފައިވާ ބާ އެއްޗެހި ބޭނުން ކުރާނެ ގޮތް ބޮލީވުޑުގެ އެކްޓަރު ޝާހުރުކް ޚާންގެ ބައްޕަ މުހައްމަދު ޚާން ދިރިއުޅުމުގެ ފިލާވަޅުތައް ދަސްކޮށްދިން ކަމަށް ޝާހު ބުނެފިއެވެ.
ކޮންމެ އުފަންދުވަހަކު ވެސް ބޭނުންކޮށްފައިވާ ކޮންމެވެސް އެއްޗެއް އުފަންދުވަހުގެ ހަދިޔާއަށް ދޭ ކަމަށާއި އެއިން ކޮންމެ އެއްޗަކުން އެތައް ފިލާވަޅުތަކެއް ދަސްކޮށްދިން ކަމަށް އޭނާ ބުނެފައިވެއެވެ.
ޝާހުގެ އުފަންދުވަހު އޭނާގެ ބައްޕަ ދިން ހަދިޔާއާއި އޭގެ ފިލާވަޅުތައް
ރާޒުވާ
ޝާހުގެ ބައްޕަ ކުޅެން ބޭނުންކުރި ރާޒުވާއެއް ދީފައިވެއެވެ. މީގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމާއި ކުރިއަށް ދިޔުމަށް ފަހަތަށް ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ބުނެދީފައިވެއެވެ. އަދި ކޮންމެ މީހަކީ ވެސް މުހިންމު މީހެއް ކަން އަންގައިދެއެވެ. ބައެއް ހާލަތްތަކުގައި އެންމެ ލޯބިވާ މީހުން ވެސް ގުރުބާން ކުރަންޖެހޭނެކަން ރާޒުވާއިން ފިލާވަޅު ދަސްކޮށްދީފައިވެއެވެ.
ޓައިޕްރައިޓަރ
ބޭނުންކޮށްފައިވާ ޓައިޕް ރައިޓަރ އިން ޝާހުގެ ބައްޕަ އޭނާއަށް ދަސްކޮށްދީފައިވަނީ ކޮންމެ ކަމެއް ކުރާއިރު ވެސް ވިސްނައިގެން ކުރުމަށާއި ކަންކަން ކުރާއިރު ވީހާވެސް ކުށް މަދުކުރުމަށެވެ. އެއީ އެ ކުށް ރަނގަޅު ކުރަން ދެ ވަނަ ފުރުސަތެއް ދިރިއުޅުމުގައި ނުލިބޭނެތީއެވެ.
ކެމެރާ
ހަލާކުވެފައިވާ ބާ ކެމެރާއަކުން ޝާހުގެ ބައްޕަ ދިން ފިލާވަޅަކީ އެންމެ ކުރާހިތްވާ މަސައްކަތަކީ އެކަމުން އާމުދަނީ ލިބޭ ކަމަށް ނުވެދާނެ ކަމެވެ. ކެމެރާއިން ކިތަންމެ ރީތިކޮށް މަންޒަރު ފެނުނު ނަމަވެސް ފޮޓޯ ނުނެގޭތީއެވެ. ކުރާހިތްވާ މަސަައްކަތެއް ނަމަ އެހެން މީހުންނަށް ނުބަލާ ކުރުމަށެވެ.
ވާހަކަ ދެއްކުމުގައި މަޖާކުރުން
ވާހަކަދެއްކުމުގައި ކޮންމެވެސް ވަރަކަށް މަޖާކޮށްލުމާއި މީހާގެ މައުސޫމް ކަމަކީ ކާމިޔާބު ދިރިއުޅުމަކަށް މުހިންމު ކަމެކެވެ.
މުސްލިމަކަށް އެންމެ ބޭނުންވާނީ ނަމާދު ކުރުމާއި، އުޅެލަންއެގޭވަރަށް އިސްލާމުދީން ބުނެދިނުން، ތި ޝާހު ބުނާގޮތުން އޭނާގެ ބައްޕަ އެކަންކަން ދަސްކޮށް ދިފައެއްނެތް.......ނަމާދުކުރަން ނޭގޭ ކަމަށް ވަންޔާ، ބާކެމެރާ ނޫނީ ޓައިޕް ރައިޓަރަކުން ކުރާނެ ފައިދާއެއްނެތް......ގޭންގު ސްތާރުންނަށް ޖިޒީ ދީގެން ބިރުވެރި ކަމެއްގެ ތެރޭގައި އެތެޅި އަރުވަނީ....އަކަމަކު ދުނިޔޭގެ އެންމެ މުއްސަދި އެކެކޯ....