ނެށުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ބަތަލާ ނޯރާ ފަތޭހީ ބޭނުންވާ ފިރިހެނެއްގެ ކިބައިގައި ހުންނަންވާ ސިފަތައް އިންޑިއާސް ބެސްޓް ޑާންސާގެ އެޕިސޯޑެއްގައި ބުނެފައިވެއެވެ.

މި ޝޯގެ ޖަޖެއް ކަމުގައިވާ މަލައިކާ އަރޯރާ އާއި ނޯރާ ފަތޭހީގެ ފުރިހަމަ ނެށުމަކަށް ފަހު ނޯރާ އެންމެ ބޭނުންވާ ފިރިހެނެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކަކީ ކޮބައިތޯ ސުވާލު ކުރީ ޖަޖު ގީތާ ކަޕޫރެވެ.

މި ސުވާލަށް ޖަވާބުދެމުން ނޯރާ ބުނެފައިވަނީ ބޭނުންވާ ހުރިހާ ސިފައެއް އެކެއްގެ ކިބައިން ނުފެންނަ ކަމަށެވެ.

ނޯރާ ބޭނުންވާ ފިރިހެނެއްގައި ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ކިޔައިދެމުން އޭނާ ބުނެފައިވަނީ އެމީހަކީ ހުނަރުވެރި މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ ފުޅާ ދާއިރާއެއްގައި ކަންކަމާ މެދު ވިސްނަން ޖެހޭނެ ކަމަށާއި އިސްކޮޅުން ދިގުވާން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން ބަލާލަން ރީތިވެފައި، ވިސްނުންތޫނު ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި ހުރިހާ ސިފަތަކެއް ހުންނަ ފިރިހެނަކު ބޭނުންވާ އިރު މި ސިފަތައް ފުރިހަމަވެފައި ހުރި މީހަކު ނޯރާއަކަށް އަދި ނުފެނެއެވެ.

ނޯރާ ބޭނުންވާ ސިފަތައް ކިޔައިދިނުމާއެކު ޝޯ ހުށަހަޅައިދޭ ބާރްތީ ސިންގް ވަނީ ޝޯގެ ޖަޖެއް ކަމުގައިވާ ޓެރެންސް ލުވިސްގެ ގައިގައި އެ ސިފަތައް ހުރިކަމަށް ބުނެ ޝޯގެ ހުރިހާ ބައިވެރިންނާއި ނޯރާ ހެއްވާލައިފައެވެ.

ނޯރާގެ ލަވަތަކަކީ ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ލަވަތަކެކެވެ. އޭނާގެ ނެށުމުގެ ހުނަރު މި ލަވަތަކުން ދައްކުވައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސސ

    ކަލޭތީ ވިސްނުން ތޫނު މީހެއްތަ
    ނިކަން މުސްލިމަކަށްވެ، މިއަންނަނިވި ޝަރުޠު ތައް ހުރި މީހަކު ހޯދާބަ
    1 ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުނ
    2 ހަސަބާއި ރީތިވުން
    3. މާލީ ތަނަވަސްކަމެއް ހުރުން
    4 ދީންވެރި ކުއްޖަކަށްވުން (އެހެން އެއްވެސް ސިފައެއް ނެތަސް މިސިފަ ހުރިއްޔާ ނޯރާ ކީއްކުރަން ކޮްނެމް މީޙަކުވެސް ބޭނުންވާނެ)
    ނޯރާ ތިޔަ ބުނާ ބުއްދި ހަމަޖެހޭ މީހަކު މިހާރަކު ނެތް،
    ވިސްނޭ މީހަކު ނެތް
    ކަންކަމާއި ވިސްނޭ މީހަކު ނެތް، އެންމެންވެސް ސިޔާސީ ވެރިންގެ ތައްޕާހުގައި ޖެހި އާވާރާވެ ދީވާނާވެފަވަނީ

    19
    3
  2. Anonymous

    ލަތީފް ގައިގަ ތިސިފަތައް ވަރަށް ފުރިހަމައައް އެބަހުރި.

  3. Anonymous

    ސސސ ކަލޭހެން އަންޒަމާނުގަ އުޅޭމީހުންނެއް ނޫނޭ އެއީ. ކަލޭ އޮވޭ ހިލައެއް ބިއް ދޮށަށް ވަ ދެ އެހެން އެންމެން ކުރިއަރާ ދާއިރުވެސް