އިންޑިއާގެ ހޮސްޕިޓަލެއްގައި ސިކުނޑީގެ ކެންސަރަށް ފަރުވާ ހޯދަމުން ގެންދާ ބޮލީވުޑްގެ ކުޅަދާނަ ތަރި އިރްފާން ހާންއަށް އަވަސް ޝިޕާއެއް ލިބުމަށް ބޮލީވުޑްގެ ބައެއް މަޝްހޫރު ފަންނާނުން އެދިއްޖެއެވެ.

އެގޮތުން އަޔުސްމާން ކުރާނާ ، ޕަރޭޝް ރަވާލް ، ރާޖުކުމާރް ރާއޯ ފަދަ އެތަކެއް މަޝްހޫރު ފަންނާނުންނެއް ވަނީ އިރްފާން ހާންއަށް އަވަސް ޝިޕާއެއް ލިބުމަށް އެދޭ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

އަދި ޓްވިޓަރ މެދުވެރިކޮށް އިރްފާން ހާން އަށް އަވަސް ޝިފާއަކަށް އެދުނު ތަރިން ބުނެފައިވާ ގޮތުގައި އިރްފާން ހާން ނެތުމުން ބޮލީވުޑަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމަށާއި އަދި އެއްފަހަރު އިރްފާން ހާން ފިލްމަކަށް އެޓްކް ކުރާ މަންޒަރު ފެންނަން އުންމީދު ކުރާ ކަމަށެވެ. އަދި ކެތްތެރިވުމަށާއި ހިތްވަރުކުރުމަށް އެ ތަރިންވަނީ އިރްފާން ހާންގެ ކިބައިން އެދިފައެވެ.

ނުރައްކާތެރި ކެންސަރުގެ ޝިކާރައަކަށްވެފައިވާ އިރްފާން ހާން އެންމެ ފަހުން ބުނެފައިވަނީ އޭނާގެ ބަލި ދަނީ އިތުރަށް ގޯސް ވަމުން ކަމަށެވެ. އަދި އޭނާއަށް ލިބޭ ހަމަ އެކަނި ހިތްހަމަ ޖެހުމަކީ ގުދުރަތީ ރީތި މަންޒަރުތަށް ފެނުން ކަމުގައިވެސް އިރްފާން ހާން ވަނީ ބުނެފައެވެ.

އިރްފާން ހާން އަކީ ބްރިޓިޝް ފިލްމުތަށްވެސް ކުޅެދީފައިވާ ކުޅަދާނަ ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ޝިފާއަކަށް އެދުން އެއީ އެހާ މަސްހޫރުކަމެއްތަ...؟