އޮންލައިންކޮށް ވިޔަފާރި ކުރުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާއިރު، އޭގެ ސަބަބުން ލިބޭ ފައިދާގެ އިތުރުން ކަސްޓަަމަރުންނަށް ލަނޑު ލިބޭ ފަހަރުވެސް އާދެއެވެ.

ހެޖް ބާލޭ ނަމަކަށް ކިޔާ މި އަންހެން މީހާ ފިރިމީހާއަށް އުފަންދުވަހުގެ ހަދިޔާއެއް ދިނުމަށް ކާރުގައި އަޅަން މެޓު ގަނެދިނީ އޮންލައިންކޮށް ވިޔަފާރިކުރާ ތަނަކުންނެވެ. ހެޖާ އަކީ ކާރަށް ލޯބިކުރާ މީހެކެވެ. އަދި އޭނާ މެޓު ގަނެފައިވަނީ އެދެމީހުންގެ 1986 ފޯޑް ކޮސްވޯތްއަށެވެ. ފިރިމީހާގެ އުފަންދުވަހު ހަދިޔާއަކަށް ދިނުމަށް އޯޑަރުކުރި މެޓު ލިބުމުން ހެޖާއަށް ލިބުނީ ސިހުމެކެވެ.

"އަހަރުމެންނަށް އެންމެ ހާއްސަ ކާރަކީ 1986 ފޯޑް ކޮސްވޯތް. ފިރިމީހާ މާކްގެ އުފަންދުވަހު ދޭން ބޭނުންވީ ކާރަށް ފިޓް ވާ ވަރުގެ މެޓެއް. ދެން ބޭނުންވާ ކަހަލަ މެޓް ވިއްކާ ތަނެއް ހޯދަމުން ދަނިކޮށް ފެނުން ވެބްސައިޓެއް. އެ ވެބްސައިޓުން ފެނުން ހިތްހަމަ ޖެހޭ މެޓެއް ގަތިން. ހީކުރީ އާދައިގެ ކާރު ސައިޒޭ އެއީ. 339.74 ޑޮލަރަށް ލިބުނީ ވެސް. ދެން ޕެކޭޖު ލިބިގެން ބެލި އިރު އެ ހީވަނީ ހުސް ޕެކޭޖެއްހެން. ޕެކޭޖު ކެނޑި އިރު ރޮވުން، ހެވެން ވެސް ހެވުނު. ޕެކޭޖް ލިބުން އިރު އޮތީ އަތްތިލަ އަށް ވުރެ ވެސް ކުޑަ މެޓެއް”، އޭނާ ބުންޏެވެ.

މެޓު ވިއްކި މީހާއާއި ވާހަކަ ދައްކައިގެން ހެޖާގެ އަތުން ހަރަދުވި ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރިއެވެ. ނަަމަވެސް، ހެޖާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އޮންލައިންކޮށް ކުރެވުނު ވިޔަފާރީގެ ސަބަބުން ފިލާވަޅެއް ލިބުން ކަމަށް ހެޖާ ބުނެފައިވެއެވެ. އަދި ދެން އޮންލައިންކޮށް ވިޔަފާރިކުރާނަަމަ، އެފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ބަލައި ސަމާލުވާނެ ކަމަށާއި، އެހެން މީހުންވެސް ސަމާލުވުމަށް ހެޖާ އެދިފައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު