ކައިވެންޏަކީ ދެމީހެއްގެ ހަޔާތުގައި އެޅޭ ވަރަށް ބޮޑު ބިންގަލެކެވެ. އެކަމަށްޓަކައި ވަރަށް ބޮޑު ހަރަދުތައްކުރާ މީހުންވެސް އުޅެ އެވެ. ކައިވެނި ޕާޓީ ބާއްވައި ކައިވެނީގެ ހެދުން ފަހައި ހުރިހާ ތައްޔާރީތައް ވާއިރު އެންމެ ގިނަ މީހުން ޕާޓީއަށް ގޮސް ފުރަތަމަވެސް ނަޒަރު ހިންގާލާނެ އެކައްޗަކީ އަންހެން މީހާ އަޅައިގެން ހުންނަ ހެދުމެވެ.

އަމިއްލަ އަށް ފަރުމާކޮށްފައިވާ ހެދުމަށް ކައިވެނީގައި ލުމުގެ ފަހުރު ހޯދައި ގިނަބައެއްގެ ސަމާލުކަން ހޯދި ކުޅަދާނަ އެއް ފެހުންތެރިޔަކީ އެސްޓްރާ އެންޑްރީސް އެވެ. ފެހުމުގެ އެއް އުކުޅު ކަމުގައިވާ ނޮޓް ކޮށްގެން އެންޑްރީސް ފަހާފައިވާ ހެދުމަކީ ތަފާތު އަދި ރީތި ހެދުމެކެވެ.

އެންޑްރީސް އޭނާގެ ކައިވެނީގެ ހެދުން ދައްކާފައި ވަނީ ޓިކްޓޮކް މެދުވެރިކޮށެވެ. މި ހެދުމުގެ ހާއްސަ އެއްކަމަކީ މި ހެދުން ފެހުމަށް ނުވަ މަސް ހޭދަވުމެވެ. އަމިއްލަ އަތުން ގޮތް ޖަހައި ފަރުމާކޮށްފައިވާ މި ހެދުމަކީ އޭނާގެ ކުޅަދާނަ މަސައްކަތްވެސް ދައްކުވައިދޭ އާޓް އެކެވެ.

@estherandrewsbridal

I hand knit my wedding dress on my commute to work #handknitteddress #knittingtiktok #spacewedding #diyweddingdress #fyo

♬ Up Beat (Married Life) - Kenyi

ޓިކްޓޮކް އަށް ލާފައިވާ ވީޑިއޯގައި އެސްޑްރީސް ބުނީ ރޭލުގައިވެސް އޭނާ ހުންނަނީ ކައިވެނީގެ ހެދުން ނޮޓް ކުރުމަށް ކަމަށެވެ. ގިނަ ވަގުތުތައް ހޭދަކޮށްގެން ހަދާފައިވާ މި ސްޕޭސް ވެޑިން ތީމާއި ގުޅުވާފައި ހަދާފައިވާ ހެދުމެކެވެ.

އެންޑްރީސްގެ ފިރިމީހާގެ ހެދުންވެސް ހަދާފައި ވަނީ އެންޑްރީސް އެވެ. މި ހެދުމަކީ ވެސް ޕާޓީގެ ތީމާއި އެއްގޮތަށް ހަދާފައިވާ ހެދުމެކެވެ.

އެންޑްރީސް އޭނާގެ ކައިވެނީގެ ހެދުމުގައި
ފޮޓޯ: ނިއު ޔޯކް ޕޯސްޓް

ކައިވެނީގެ ހެދުން އިތުރަށް ޒީނަތްތެރިކުރުމަށް އެންޑްރީސް ވަނީ ހެދުމުގައި ނޮޓް ކޮށްފައިވާ ކުޑަ ޓޮމާޓޯތައްވެސް ހަރުކޮށްފަ އެވެ.