އަންހެނުންނަކީ ފަރުމަސްވެރިކަމުގެ އިތުރުން ބޮޑު ކަންޏެއް ވެސް ދާ ހީވަގީ ފިސާރި ބައެކެވެ. އަންހެނުންނަށް އެކަން ނުކުރެވޭނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް އަންހެނުންނަށް އެކަން ކުރެވޭނެ ކަން ޅ. ކުރެންދޫ އަންހެނަކު މި ވަނީ ދައްކާފައެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނިގެން ދަނީ އަންހެނަކު ބޮޑު ކަންނެއްޔެއް ހިފައިގެން އުޅޭ މަންޒަރެވެ. އެހެން ނަމަވެސް ފޮޓޯ އަށް ބަލާފައި އެއީ އޭނާ ކިހިނެއް ހިފާފައިވާ މަހެއް ކަމެއް ނޭނގެއެވެ.

އެ ޕޯސްޓު ޓުވިޓާގައި ހިއްސާ ކޮށްފައި ވަނީ ކުރީގެ ނޫސްވެރިޔާ އަދި މިހާރު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ ޕާސަނަލް ސެކެރެޓަރީ މުހައްމަދު ޝާން އަބްދުﷲ ވިދާޅުވީ، އޭނާގެ މަންމައަކީ ކުޅަދާނަ އަދި އެހާމެ ފިސާރި އަންހެނެއް ކަމަށެވެ.

"ކުރެންދޫގެ ފުއްޓަރު ފަރާތް މޫދު ކައިރިން ބޮޑު ކަންޏެއްޔެއް އެހިފާލީ ހާސްކަމެއް ނެތި އިތުރު މީހަކުގެ އެހީއާވެސް ނުލައެވެ. އަޅުގަނޑަށް އިނގޭހާވެސް އެއްކަމަކީ ކެޔޮޅުންގެ ދަރިން އަބަދުވެސް ތަފާތު ވާނެ ކަމެވެ." ޝާންގެ ޓުވިޓާގައި ހިއްސާ ކުރި ޕޯސްޓުގައި ވެއެވެ.

މި ޕޯސްޓުން އެ އަންހެން މީހާ ކަންނެލި ހިފާފައިވަނީ ކިހިނެއް ނޭނގޭތީ ގިނަ ބަޔަކު ވަނީ އެކަން ހިއްސާ ކުރުމަށް އެދިފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އޭނާ ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އޭނާ އެ ކަންނެލި ހިފާފައިވަނީ ފަޅު ތެރޭގެ ހިކިތަނަށް ކަންނެލި ވަދެން އުޅެނިކޮށް އަތުންނެވެ.

މި ޕޯސްޓަށް ގިނަ ބަޔަކު ކޮމެއްޓް ކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އެއީ ފިސާރި އަންހެނެއް ކަމަށް ބުނެ ތައުރީފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތައްބެ

    އަރާމަގު ދޮންކަމަނަ

    20
    5
  2. އާކިފް

    ސަލި

    26
  3. ސާމާނުބެ

    ކޮންމެސް އަނިއާއެއްލިބިގެން ގޮނޑުދޮށަށް ލައްގާފަ އޮތް އެއްޗެއްހެން ހީވަނީ އެހެންނޫނީ ކަންނެއްޔަކީ ގޮނޑިދޮށުގަ އުޅޭ އެއްޗެއްނޫން

    22
    2
  4. މާލެ

    ޔަހުޔާ ކާޅުވެސް ހިފި

    19
    5
  5. މާމޭ

    ފިރިހިނުން ކަންނެތްޔަށް ގޮސް ކޯއްޗެއް ތިހަދަނީ.. ކުރެންދޫ އަންހިންވެރިންނަށް ދޯނިތައް ހަވާލްކޮއްފައި ގޭގައިތިބެބަލަ..

    33
    2
  6. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ދޯންޏަކުން ބޭލި ކަންނެއްޔެއް މޫދުންނެގީތަ؟

    3
    4
  7. ސެންޗޯ

    ދަތުރު މައްޗަކަށް އެރި ޔަސް ކަނޑުމަތިން ބޮޑުމަހެއްފެންނައިރަށް ބިރުން އަންމަތްޔޯތް ގޮވާބައެއްތީ ދެންކޮން ބޮޑުކަން ނެއްޔެއްތަ ހިފޭނީ ތިވާނީ ރެސްޓަކަށް އޮއްވަ ނެގީކަމަށް ތި އަވަހަށް މޫދަށްދޫ ކޮށްލާ

    1
    8
  8. ސުވާލު

    ކަން ނެއްޔަކީ ތިހާ ފަސޭހައިން ހިފޭ އެއޔެއްކަމެއް ނުދެނހުރިން. ދިރޭ ކަނނެއްޔެއްގެ ނިގުލުގަ ހިފިޔަސް ހުޅު ވަކިވާ ވަރުކުރާނެ. ތިޔަވާހަކަ ގަބޫުކުރން ދަތި. ފޮޓޯ ޝޫޓް އަކާ ވައްތަރީ.

    2
    1
  9. ﷲގެ އަޅާ

    ﷲ ދެ އްވަން ވީ އެ ލިބުނީ . ތީ އަޖާ އިބް ވާ ވަރު ކަމެ އް ނޫން

  10. ޝާން

    ދޯއެއީ މީޑިއާ ސުޓަންޓެއް އެއީ މަންމަ މީހަކު އަތުން ގަނެގެން ގެންދުޔަ މަހެއް މި ގިނަ ދިވެހިން ނިކަން ގަމާރު ވާނެ ކިހިނެއް ހަދާނީ ކަލޭނޭ

  11. އިންސާފު

    އެންމެ ކަންނެލި އެއްތަ މަގު އޮޅި ފަޅުތެރެއަށްވަނީ.... ވ.ގަބޫލުކުރަންދަތި..

    1
    1