އިންޑިއާގެ ބަތަލާ ތަމަންނާ ބާޓިއާ ބުނީ 'ކުޅު' އެއީ ހަންގަނޑަށް ދިމާވާ މައްސަލަތަކަށް ރަނގަޅު އެއްޗެއް ކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ އިންޓަވިއު އެއްގައި މިހާތަނަށް ހަންގަނޑު ރީތިކުރުމަށް ބޭނުންކޮށްފައިވާ އެންމެ ހީނުކުރާ ކަހަަލަ އެއްޗެއް ބުނެދިނުމަށް އެދި ކުރެވުނު ސުވާލަށް ޖަވާބު ދެމުންނެވެ.

ތަމަންނާ ބުނީ އޭނާ ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަށް ބޭނުންކޮށްފައިވާ އެންމެ ހީނުކުރާ ކަހަލަ އެއްޗަކީ މާ ތަފާތު އެއްްޗެއް ނޫން ކަމަށެވެ. އޭނާ ބޭނުން ކޮށްފައިވަނީ 'ކުޅު' ކަމަށާއި، އެ ބޭނުން ކުރުމަށް ހިޔާލު އައިސްފައިވާގޮތެއް ނޭނގޭ ކަމަށް ބުނެފައިވެއެވެ. މިއީ ފަކުރު އެއްޗެއް ކަމުގައި ގިނަ ބަޔަކު ދެކުނަސް ހަންގަނޑަށް ރަނގަޅު އެއްޗެއް ކަމަށް ތަމަންނާ ބުނެފައިވެއެވެ.

ތަމަންނާ އަކީ ސައުތު އިންޑިއާގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. އަދި ވަރަށް ގިނަ ހިންދީ ފިލްމުތައް ވެސް އޭނާ ވަނީ ކުޅެފައިވެއެވެ.

ބަތަލާ ތަމަންނާ ކުޅެފައިވާ ފުރަތަމަ ފިލްމަކީ "ޗާންދް ސަ ރޯޝަން ޗެހެރާ" އެވެ. އޭގެ ފަހުން ފުރަތަމަ އިންޑިއަން އައިޑަލް އަބިޖީތު ސާވަންތުގެ "ލަފްޒޯންމޭ ކެހެނާ ސަކޫން" އާއި "އާޕްކާ އަބިޖީތު"ގެ ލަވަތައް ތަމަންނާ ކުޅެފައިވެ އެވެ. އަދި 2014 ގައި ނުކުތް "ހަމްޝަކަލްސް"ގައި ވެސް ތަމަންނާގެ ދައުރެއް ވާކަން ފާހަގަ ކޮށްލެވެއެވެ. އޭނާ މިހާތަނަށް ގިނައިން ކުޅެފައިވަނީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ދިވެހި ގައުމުގަ އުޅުއްވާ ބޭފުޅެއްގެ ފަރާތުން ވަރަށް ކޮލެޓީ ކޮއް ތިލިބޭނެ ، އަދި އެ ރޯޔަލްވެސް ވާނެ.

 2. 😀

  ތަމަންނާ ބުންޏަސް ލަާލުމަންނަ ބުންޏަސް ދެންވެއްޖެ މީހުން ތަމަންނާ ގޮތައްވާން މުޅިގައިގަ ކުޅުލާން

  5
  1
 3. އަލްޖިބްރާ

  ދުވަސް ކޮޅަކުން ތަންތަނުގައި ތިބި ސައިންސް ވެރިންނޭ ކިއާމީހުން މިކަން ފުޅާ ކުރާނެ ! އޭރުން މަގުމައްޗަށް ކުޅުތަޅާ މީހުން މަދުވެދާނެ ! ކުޅެއްޖަހަން ބޭނުންވާ ކޮންމެ ފަހަރަކު ކުޅުގަޑު މުޅިގައިގާ ހާކާނީ ! މިކަން އެންމެ އަވަހަށް އާލާވާނީ އިންޑިއާގަ ! އަދި އިންޑިއާ މީހުން މިއީ ކޮވިޑަށް ފަރުވާއެކޭ ބުނުންވެސް ވަރަށް ކައިރި !

 4. ީ މީލައިކީ

  ތަމަންނާ ކަހަލަ ރީތި މަންޖެޔެއްގެ އަނގައިން ކުޅު ހޯދަން ވީ މޫނުގަ ހާކަން