އިންޑިއާގެ ސްޓޭޓެއް ކަމަށް އައްސާމްގައި ދިރިއުޅެމުން އަންނަ ނޫރުލް ހާކު އޭނާގެ ސުޒުކީ ސުވިފްޓް ކާރު ލަމްބޯގިނީ ރެޕްލިކާ އަކަށް ބަދަލު ކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ގެންގުޅޭ ސުވިފްޓް ކާރު އިޓަލީގެ ލަގްޒަރީ ކާރުތަކުގެ ތެރޭގައި ހިމެނޭ ލަމްބޯގިނީ އަކަށް ބަދަލު ކޮށްފައިވަނީ ބޮޑު ހަރަދެއް ހޭދަ ކުރުމަށްފަހުއެވެ. އެގޮތުން ގާތްގަނޑަކަށް ހަ ލައްކަ އިންޑިއަން ރުޕީސް ހަރަދު ވެފައިވާ ކަމަށް ރިޕޯޓް ތަކުން ވަނީ ބުނެފައެވެ.

ހަ ލައްކަ ރުފީން އެ ކާރު ހެދުމަށް އޭނާ ހަރަދު ކޮށްފައިވާއިރު، އެ ކާރު އެއްކޮށް ނިންމާލެވިފައިވަނީ މަސައްކަތް ފެށިތާ އަށް ވަރަކަށް މަސް ފަހުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ ވަނީ ކާރު ހެދުމަށް ކާރުގެ ޑިޒައިނާއި އިންޖީނު ވެސް ބަދަލު ކޮށްފައެވެ.


"ގާތްގަނޑަކަށް އަށް މަސް ހޭދަވެގެން ދިޔަ މި ކާރު ބަދަލު ކުރުމަށް" އުމުރުން 31 އަހަރުގެ ނޫރުލް އާއި ހަވާލާދީ ހިންދުސްތާނީ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

އޭނާ މި ކާރު ހެދުމަށްފަހު ކާރުގެ ފޮޓޯތައް މީސްމީޑީއާގައި ހިއްސާ ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އޭނާ ކޮށްފައިވަނީ ބުރަ މަސައްކަތެއްކަން ފާހަގަ ކޮށްފައެވެ.

މަޝްހޫރު "ފާސް އެންޑް ފިއުރިއަސް" ގެ ފޭނެއް ކަމަށްވާ ނޫރުލް އަކީ އަބަދު ވެސް ލަމްބޯގިނީ އެއް ދުއްވާލުމަށް ބޭނުން ވެފައިވާ މީހެކެވެ.

އޭނާ މި ކާރު ހެދުމުގެ މަސައްކަތް ކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން ގޭގައި މަޑު ކުރަން ޖެހޭ ހުސް ވަގުތުތައް ގިނަ ވުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތި ދެން ކޯންޗެއް! މީގެ 25 އަހަރު ކުރިން މަ ދެކުނީން މާލޭގައި މާސިޑީޒްއެއް ޓެކްސީއެއްގެ ގޮތުގައި ގެންގުޅޭތަން. އޭތިން ކޮންމެ އަޑެއް ނުކުތަސް އޭގައި އޮތީ މާސިޑީޒް ކާރެއްގެ ބޮށިގަނޑު

  2. އަލީ

    ހެހެހެ.. ތިހީވަނީ ފޮތްބަހައްޓާ ހަރެއްހެން.

    5
    1
  3. ގެރިމޯދީ

    ކޮންގޮތަކުން ތޯ ތިކާރު ލެމްބޮގިނީ އަކަ ވައްތަރީ؟ މައްޗަށް ދޮރުހުޅުވޭ ކޮންމެ ކާރަކީ ލެމްބޮގިނީ އަކަށް ސިފަކުރެވެންޔާ، ފިޔަގަނޑުލީ ކޮންމެ ދޫންޏަކީ، ބާޒެކެވެ.

  4. ބަޖާޖް

    އެމްއޭސީއެލް ގައި މަތިންދާބޯޓައް ތެޔޮ އަޅަން ބޭނުން ކުރަނީ ކޮންކަހަލަ ލޮރީޔަކެއްކަން އެނގޭތަ. ދުނިޔެއަށް މަޝްހޫރު ޖަރުމަންގެ މާސިޑީސް ބެންސް ލޮރީ. އެކަމަކު ހައިރާންވާ ކަމަކީ ޖަރުމަނުން އެއަށް ބޭނުންވާ ސްޕެއާ ޕާޓްސް ގަންނަން ނުލިބޭ. ޚާއްސަކޮށް ލޮރީ އަށް ބޭނުންވާ ފިލްޓަރު. ހުޅުލެއިން އެހުސްވުމުން އޯޑަރުކުރުމުން އެތައް ގުނައެއް ބޮޑު އަގުގައި ޚާއްސަކޮށް ރާއްޖެއަށް ސްޕެއަރ ޕާރޓްސް އުފައްދަނީ. ސަބަބަކީ އެ ލޮރީ ތަކަކީ ރައީސް ނާސިރު ނޫނީ ރައީސް މުހައްމަދު އަމީން ގެ ވެރިކަމުގެ ދައުރުގައި އުފައްދާފައިވާ ތަކެއްޗަށް ވާތީ. މިހަކަލަ މާސިޑެސް ބެންސް ލޮރީ މިހާރު ހުންނަނީ ޖަރުމަން ގެ ދާރުލް އާސާރުތަކުގަޔާއި މާލޭ އިންޓަނެޝަލް އެއާރޕޯޓުގައި. މި ލޮރީތައް ހުރުމުން އެއަރޕޯޓުގެ ވެރިން ފަޚުރުވެރިވޭ. ސަބަބަކީ ނަމަކަށް މާސިޑީޒް ބެންސް ލޮރީ އަށް ވުން. އެކަމަކު މިހާރު އެއަށްވުރެ އިންޑިއާގެ ބަޖާޖު ތެޔޮ އަޅާ ލޮރީ ގަނޑެއްވެސް މާ ޒަމާނީވެފައި ރަނގަޅުވާނެ.