ވިޔަފާރިއެއް ފެށުމުގެ ކުރިން ރަނގަޅަށް ވިޔަފާރީގެ ޕްލޭން ހަދައި، ސްޓްރެޓެޖީތައް ކަނޑައަޅަނީ ސަބަބެއް އޮތީމައެވެ. ހަމައެހެންމެ، މާކެޓަށް އަންނަ ބަދަލުތައް ބަލައި ދެނެގަނެ، ދިގު މުއްދަތަކަށް އެއް ގޮތެއްގައި ހިފަހައްޓަން، ސްޓްރެޓެޖީތައް ބަދަލު ކުރަން ޖެހެނީވެސް ސަބަބެއް އޮތީމައެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމަށް ނުވިސްނާތީ، ޗައިނާގައި ހުޅުވި ރެސްޓޯރެންޓެއް ބަނގުރޫޓުވެފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މަހެއް ދެ މަހެއްގެ ތެރޭގައި ނޫނެވެ. މުޅި ވިޔަފާރި ބަނގުރޫޓުވީ 11 ދުވަހުގެ ތެރޭގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ވިޔަފާރި ހިންގަމުން އައި ތަފާތު ޚިޔާލެއްގެ މައްޗަށެވެ. އެއީ "އޯލް ޔޫ ކޭން އީޓް" ނަމަކަށް ކިޔާ ޑީލެއްގެ މައްޗަށެވެ. މި ގޮތް ބޭނުންކުރާނަމަ، ކުޑަ އަގަކަށް ގިނަ އަދަދެއްގެ ކާބޯތަކެތި ކެވޭނެއެވެ. ކޮންމެ ގަޑިއަކުވެސް ރެސްޓޯރެންޓުގައި ހުންނަނީ ގިނަ ބާވަތްތަކާއެކު ބުފޭ ހަދާފައެވެ.

މައްސަލައަކީ އަދި މިއީ އެއްވެސް ނޫނެވެ. ފައިސާ ދައްކަން ޖެހެނީ ކޮންމެ ގަޑިއެއްގެ ބަދަލުގައި، މަހަކަށެވެ. ކޮންމެ ކަސްޓަމަރަކަށް މެމްބަރޝިޕް ކާޑުގެ ނަމުގައި ކާޑެއް ދީފައި އޮންނައިރު، މިއީ ވަރަށް ފެންވަރު ދަށް ކާޑެކެވެ. ކާޑުގައި މީހެއްގެ ފޮޓޯއެއް، ނަމެއް އަދި ކާޑު ބޭނުންކޮށްގެން ކެއީ ކިތައް ފަހަރުކަން ބެލެން ނުހުންނާތީ، އޭގެ ނާޖާއިޒު ފައިދާ ނެގެއެވެ. އެހެންކަމުން، އެކަކު މަހު ފީ ދައްކާގޮތަށް، އެއް ކާޑެއް ބޭނުންކޮށްގެން އެތައް ބަޔަކު ކައެވެ.

އެހެންކަމުން، އުފެއްދުމުގެ ޚަރަދު އެތައް ގުނައެއް ބޮޑުއިރު، އާމްދަނީގެ ގޮތުގައި ލިބެނީ ވަރަށް ކުޑަ އެއްޗެކެވެ. އެހެންކަމުން، އެއްގޮތަކަށްވެސް، ރެސްޓޯރަންޓަށް ފައިދާއެއް ނުވެއެވެ.

"ޝަންހަލިސްޓް" ނޫހުން ބުނެފައިވާ ގޮތުގައި މި ރެސްޓޯރަންޓު ހުޅުވީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ބަނގުރޫޓުވެގެން ހުއްޓާލީ 11 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު