"މައިން މަގަށް ލައްގަޅޭ، ރަންފޮއްޓެއް ލައްގަޅޭ،" އަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރީ ޒަމާނުގައި ކިޔަމުން އައި ބަންޖެއް ކަމަށް ވެއެވެ. ބަނދީގައި ބުނެފައިވާ ގޮތަށް ޔަގީނުން ވެސް ގިނަ މީހުން މާބޮޑު މަސައްކަތައް ނުކޮށް ބޮޑު މަންފާގަނޑެއް ނުވަތަ ގިނަ އަދަދެއްގެ މުދާ ބޭނުން ވެދާނެއެވެ. ކޮންމެއަކަސް މިފަހަރު މިއޮތީ ރަންފޮއްޓެއްގެ ވާހަކައެއް ނޫނެވެ.

އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅެމުން އަންނަ އަންހެނަކަށް މިވަނީ އޯޑަރު ވެސް ނުކުރާ ގިނަ އަދަދެއްގެ މުދާ "އެމޭޒަން" އިން ފޮނުވާފައެވެ.

ޖިލިއަން ކެނަން ނަމަކަށް ކިޔާ އަންހެނަކު ބުނި ގޮތުގައި ކުޑަ ވިޔަފާރިއެއް ވެސް އޭނާ ކުރާތީ ފުރަތަމަ ހީކުރެވުނީ އެއީ ވިޔަފާރީގެ ޕާޓްނަރު ފޮނުވި މުދާތަކެއް ކަމަށެވެ. ނަމަވެސް ފޮށިތައް ކަނޑާލިއިރު އޭގައި ހުރި ތަކެއްޗަށް ބެލުމަށް ފަހު ޕާޓްނަރާއި ވާހަކަދެއްކުމުން އެއީ އޭނާ ފޮނުވި އެއްޗެއް ނޫންކަން އެނގުނެވެ.

ޖިލިއަން ގެއަށް ލިބުނު މުދާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މާސްކާއި އަދި އެހެނިހެން ތަފާތު އެކިވައްތަރުގެ 100 އަށްވުރެ ގިނަ ބާވަތް ހިމެނެއެވެ.

ޖިލިއަން މިހާރު މަސައްކަތް ކުރަމުން ދަނީ އެތަކެތި ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހަދިޔާ ކުރާށެވެ. އެއީ މުދާތައް އަނބުރައި ފޮނުވަން ޖެހޭ އެޑްރެހެއް ވެސް ނޭނގޭތީއެވެ.

މުދާތައް އަނބުރާ ފޮނުވަން އެމޭޒަން އަށް އީމެއިލް ކޮށްގެން ކުރި މަސައްކަތުން ވެސް އޭނާ އަށް ކުރިއެރުމެއް ނުލިބުނެވެ.

އޮންލައިން ވިޔަފާރީގެ ތެރޭގައި ގިނަ މީހުންނަށް ލަނޑު ލިބުނަސް ބައެއް ފަހަރު ނަސީބު ވެސް އަތުގައި ހިފައެވެ.

ކިޔުންތެރިންގެ ހިޔާލު