މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާ އަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އެފަދަ ދެވަނަ އެއް ނެތް ނަމެކެވެ. އޭނާ އަކީ ޔޫސުފް އާއި ކަލާޔާ ނުލާ އަދި ޒުލޭހާ ފަދަ ކާމިޔާބު އެތައް ފިލްމެއް ދިވެހިންނާއި ހަމައަށް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. މީގެ އިތުރުން 4426 ފަދަ ތަފާތު އުފެއްދުންތަކާއި ދިވެހިންގެ ލެޔާއި ކުޅެލާފަދަ އެތައް ހުށަހެޅުމެއް އޭނާ ވަނީ ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ.

އެހެންކަމުން ނަހުލާ އާއި ގުޅުން ހުރި ކަންކަަމަކީވެސް ދިވެހިން ޝައުގުވެރިކަމާއި އެކު ބަލާ ކަންކަމެވެ. މިފަހަަރު ނަހުލާ އާއި ގުޅުން ހުރި ނޭނގޭ އެތައް ކަމަކަށް ޖަވާބު ލިބޭނެ ރަނުގެ ފުރުސަތެއް މިއޮތީ ހުޅުވިފައެވެ. ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނުންގެ ނޭނގޭ އެތައް ވާހަކަތަކެއް މަޖަލާއި ސަކަރާތުގެ ތެރެއިން ގެނެސްދޭ އަޒޯނާ ޝޯގެ މިފަހަރުގެ މެހެމާނަކީ ނަހުލާއެވެ.

ޝޯގެ ޓީޒާއިން އަޅައިގަންނަ އެއް ވާހަކަ އަކީ ނަހުލާ އޭނާ އަށް ކަމު ނުދާ މީހުންގެ ޒާތާއި މެދު ދެއްކި ވާހަކައެވެ.

""ވަރަށް ކަމު ނުދޭ ފޮނިވެފަ، ބޮޑާވެފައި، މާ މަވެފައި އެހެން ވަންޏާ" ނަހުލާ ވަނީ ބުނެފައެވެ.

ނަހުލާ އާއި އެކު ގެންނަ މި އެޕިސޯޑްގެ އިޝްތިހާރުން ފެންނަ ގޮތުން މިއީވެސް އަޒޯނާގެ އެހެން ޝޯތަކެކޭ އެއްފަދައިން ވަރަށް މަޖާ ޝޯއެކެވެ. މި ޝޯގެ އިޝްތިހާރުން ފެންނަގޮތުން ނަހުލާގެ ހަޔާތުގެ ބައެއް ވާހަކަތަކާއި، ފިލްމީ ދާއިރާގެ ވާހަކަތައް ވެސް ފެނިގެން ދާނެއެވެ. އެހެންކަމުން މި ޝޯ އާއި އެކު ނަހުލާގެ ކުރިން ނޭނގޭ އެތައް ވާހަކަ އެއް އެނގިގެން ދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަންނި

    މަށައް ނަހޫ ވަރަށް ކަމުދެއޭ ބުނެވޭނީ.

    9
    10
    • ޔާމީން

      މަށައް ވެސް

      5
      2
    • ޏަވިޔަނި

      ނަހޫ ހާދަ މަވެފަަ، ބޮޑާވެފައި ހުރު ފޮޓޯ އެއް

  2. ސަމާ

    އަހަރެންނަށްވެސް ނަހުލާ ކަމުނުދަނީ އެހެންވެ.

    29
    6
  3. ހުސޭނުބޭ

    ނަހުލާ ހުރޭތަ ތި ސިފަ. އެއީ މަށެއްވެސް ނޭދެން މަށަށްވުރެ ރީތި މީހަކު މަށާ ވައިއެޅޭ ހިސާބުގައި އުޅޭކަށެއްވެސް

    18
  4. ހާދަ ފޫއްސެއް ވެއޭ

    ނަހުލާގެ ކުރިމަތީގަވެސް ތީނީ ތިޔަބުނާކަހަލަ ފޮނިވެ ބޮޑާވެ ތިމާވަރު މީހަކު ނެތިގެން ދެއްކުންތެރިކަން ވެސް އަތް ނުފޯރާފަށުގަ ހުރި އަންހެނެއް..

    34
  5. Anonymous

    ނަހުލާ ކަމުނުދަނީ މަވެފަ ހުންނާތީ

    26
    1
  6. ޙަސަނުބެ

    ބުރިގާ އަޅައިގެން އެހެން މީހުން ބުރުގާ ނާޅުވައި ފިލްމު އުފައްދައިގެން ނެރޭއިރު ތިމާއަށް ލާރި ލިބުމުން އެފުދުނީހެއްޔެވެ؟

    9
    1
  7. މަ

    ވަރަށް ލޯބިވޭ ނަހޫ ދެކެ

    3
    6
  8. ހަލީމަ ދައިތަ

    ނަހުލާ ކުރިމަތީ ޝޯ ހުށައަޅައިދޭން ތީނީ އޭގެ މީހެއް.. ވެދާނެ އެއީ ތިޔަ އައްޒަ އަކާ ދިމާއަށް ބުނި އެއްޗެއް ކަމަށްވެސް 😆😆

  9. ކައުޅު

    ތިވެސް ބޮޑާ އަމިއްލައަށް ފެނިފައި ހުންނަމީހެއް.. މީނައަށް ނޫނީ ފިލްމެއް ނުހެދޭނެކަމަށް ޤަބޫލްކުރާމީހެއް ވަރަށް ފޫހިވޭ