ދުނިޔޭގައި ގުދުރަތީ އަޖައިބު ކުރުވަނިވި އެތަކެއް ދިރުންތަކެއް ލައްވާފައިވާއިރު އޭގެ ތެރެއިން މިއީވެސް ފާހަގަ ކޮއްލެވޭ ދޫންޏެކެވެ.

އާންމުކޮށް އިންޑިއާ ބައްރުގެ އެކި ހިސާބުތަކުން ފެންނަ "ޕައިޑް ކުކޫސް" ނަމަކަށް ކިޔާ މި ދޫންޏަކީ ވަރަށް ވެސް އާދަޔާ ހިލާފު ހުނަރުތަކެއް ލިބިފައިވާ ދޫންޏެކެވެ.

އާންމު ކޮށް މޫސުމާއި ބެހޭ ދިރާސާތަށް ކުރަނީ މޫސުމާއި ބެހޭ ދިރާސާ ކުރަން ހުންނަށް އިދާރާތަކުންނެވެ. ނަމަވެސް މީގެ އެތަށް ޒަމާނެއް ކުރިން ވިއްސާރަ އަންނަން އުޅޭނަމަ އެކަން ކުރީ ބައިގައި އެގޭނީ ކިހިނަކުން ހެއްޔެވެ؟

ބުނެވޭ ގޮތުގައި މި ދޫންޏަކީ ކުރީ ޒަމާނުގައި މީހުން ވިއްސާރަވުމުގެ ކުރިން ވިއްސާރައަށް ތައްޔާރުވުމަށް އޭގެ ބޭނުން ހިފަމުން އައިސްފައިވާ ދޫންޏެކެވެ.

އިންޑިއާ އެކި ހިސާބުތަކަށް ވިއްސާރަވުމުގެ ކުރިން މި ދޫނިތަކުގެ ބައިގަނޑުތަކެއް އިންޑިޔާގެ ސްޓޭޓްތަކުގެ މަތިން އުދުހެއެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުން މި ދޫނި ފެންނަ ރެކޯޑް ތަކަަށް ބެލުމަށް ފަހު ގޫގުލް އާތް މެދުވެރިކޮށް ވަނީ ވޭތުވެ ދިޔަ 40 އަހަރުތެރޭ އިންޑިއާގެ އެކި ހިސާބުތަކަށް ވާރޭވެހިފައިވާ ތަފާތު ހިސާބުތަށް ދެނެގަންނަށް މެޕް އެއް އުފައްދާފައެވެ.

ޕައިޑް ކޫކޫ އަކީ ވަރަށް ތަފާތު އަދި ތޫލި އަޑެއް ލައްވާ ދޫންޏެެވެ. މި ބާވަތުގެ ދޫނި ފެންނަނީ ބޮޑަށް ވިނަގަނޑު ބޯ ވެފައި ހުންނަ ފަރުބަދަ ސަރަހައްދު ތަކުންނެވެ މި ދޫނީގެ މި އާދަޔާ ޙިލާފު ހުރި ނަމަވެސް މި ވެސް ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދޫންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަަސސސ

    ރާއްޖޭގަވެސް ކޮވެލި އާދަޔާޚިލާފަށް ގޮވާނަމަ އެއީ ވިއްސާރައަންނަށް އުޅޭކަމަުގެ ނިޝާނެއްކަމަށް ކުރީ މީޙުން ބުނެއުޅޭ.

  2. ހުސޭނުބޭ

    ވިއްސާރަވާންވީމާ ކާޅުވެސް ގޮވާނެ!

  3. ޫުހހ

    ހޯނުވެސް ގޮވާނެ

  4. ޏައުބެ

    މަވެސް ގޮވަން ވިއްސާރަ ވިއްސާރަ.... ވާރޭ ވާރޭ.... މަ ކަޑަތަ...؟