ކާމިޔާބު ފިލްމު ސީކުއަލް ''ފާސްޓް އެންޑް ފިޔުރިއަސް'' ގެ އެއްވަނަ ބައިގައި މަޝްހޫރު އެކްޓަރު ޕައުލް ވޯކާ ދުއްވި ރޭސިން ކާރު 550،000 ޑޮލަރަށް ވިއްކާލައިފިއެވެ.

ފާސްޓު އެންޑް ފިޔުރިއަސްގައި ބްރެއިންގެ ރޯލުން ފެނިގެން ދިޔަ ޕައުލް ވޯކާ އާއި ޑޮމްގެ ރޯލުން ފެނިގެން ދިޔަ ވިން ޑީސެލްގެ އެކްސިޑެންޓްގައި ބޭނުން ކޮށްފައިވާ މި ކާރަށް މިހާރު ވަނީ އެތައް ބަދަލުތަކެއް ގެނެސްފައެވެ.

ބެރެޓް ޗެކްޝަންއިން ކުރި ޓުވީޓެއްގައި މި ކާރު ވިއްކާލައިފި ކަމަށް ލިޔެފައިވެއެވެ. އެގޮތުން ''10 ސިކުންތު ކާރު'' ގަތުމަށް ހުށަހަޅާފައިވާ އަގުތައް ބޮޑު ކަމަށާއި ރެކޯޑެއް އަދަދެއް ވެސް ހުށަހަޅާފައިވާ ކަމަށް މި ޓުވީޓުގައިވެއެވެ.

ޕައުލް ވޯކާ ދުއްވި އަދި ފާސްޓް އެންޑް ފިޔުރިއަސްގެ ދެ ފިލުމެއްގައި ބޭނުން ކޮށްފައިވާ މި ކާރަކީ އައިކޮނިކް ކާރެއް ކަމަށް ވެސް މި ޓުވީޓުގައި ލިޔެފައިވެއެވެ.

މި ކާރު ވިއްކާލާފައިވަނީ ލޮސް އެންޖެލެސްގައި ޖޫން 17 އިން ޖޫން 19 އަށް ބޭއްވި ބެރެޓް ޖެކްޝަންގެ ނީލަމުގައެވެ.

ފާސްޓު އެންޑް ފިޔުރިއަސްގެ އެކްޓަރ ޕައުލް ވޯކާ މަރުވެފައިވަނީ 2013 ވަނަ އަހަރުއެވެ. ޕައުލް މަރުވުމުގެ ކުރިން އޭނާ ބޭނުން ކޮށްފައިވާ ތަކެއްޗަކީ މިހާރު ވަރަށް އަގުބޮޑު އެއްޗިއްސެވެ. އަދި މިއީ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ތަކެއްޗެވެ.

ނޮވެމްބަރު 30، 2013 ގައި ހިނގި އެކްސިޑެންޓެއްގައި ޕައުލް މަރުވެފައިވަނީ 2015 ވަނަ އަހަރު ރިލީޒް ކުރެވުނު ފާސްޓު އެންޑް ފިޔުރިއަސް 7 ގެ ޝޫޓިންތައް ކުރިއަށް ދަނިކޮށެވެ.