ނުރައްކާތެރި ކެޓާޕިލާ އެއްގެ ސަބަބުން ޒުވާނަކު ސީރިޔަސް ހާލަތަށް ދިޔުމުން ހޮސްޕިޓަލުގައި ފަރުވާ ދީފިއެވެ. މިކަން ހިނގާފައިވަނީ އެމެރިކާގެ ފްލޮރިޑާގައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ސީރިޔަސް ޙާލަތަށް ދިޔުމުގެ ސަބަބުން ފަރުވާ ދީފައިވާ ޒުވާނާއަށް ކިޔަނީ ލޯގަން ޕާގޮލާ އެވެ. އަދި، އޭނާގެ އަތުގައި މި ކެޓާޕިލާ ޖެހި، ސީރިޔަސް ޙާލަތަށް ދިޔައީ، ދަނޑެއްގައި މަސައްކަތް ކުރަމުން ދަނިކޮށްކަމަށްވެސް ބުނެފައިވެއެވެ.

ލޯގަންގެ މަންމައާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ކެޓާޕިލާ ކަށި ޖަހާފައިވަނީ އޭނާގެ ދަރިފުޅުގެ އަތަށެވެ. އަދި، އެއަށްފަހު ވަރަށް ބޮޑަށް އެތަން ކެހިކަމަށާއި، ދެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޭނެތިގެން ވެއްޓުނުކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެޒުވާނާގެ މަންމަ ބުނެފައިވަނީ ޑޮކްޓަރަށް ފަރުވާ ދޭން ފަށެމުން، މަޑުމަޑުން ޙާލު ރަނގަޅުވަމުން އައިކަމަށެވެ. އަދި،

މިއީ ކޮން ސޫތްޕެއްގެ ފަނިކަމެއް ނުވަތަ ކެޓާޕިކާލަން ބުނަން ނޭނގޭކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް، މިއީ ވިހަ ބާވަތެއްކަން އެނގޭކަމަށާއި އަދި އެންމެ ލަފާކުރެވެނީ މިއީ ކޮންމެވެސް ވައްތަރެއްގެ ބަޅިނދެއްގެ ކެޓާޕިލާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މިކަން ހިނގާފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    ޑޮކްޓަރަށް ފަރުވާ ދިނީމަ ބަލިމީހާ ރަނގަޅުވީ! ހާދަ އެހެންކަހަލަ ކަމެކޭ ދޯ؟