ޖިންސީ ގޯނާގެ ސިކާރައަކަށް ވަނީ ހަމައެކަނި އަންހެނުނެއް ނޫނެވެ. އަންހެނުނާއި އެއްވަރަށް ފިރިހެނުންނަށް ވެސް މި އަނިޔާ ލިބެމުން ދެއެވެ. މިއީ ދާދިފަހުން ހިނގި އެފަދަ ހާދިސާއެކެވެ.

ދާދި ފަހުން އެފްރިކާގައި ތިން އަންހެނަކު ހިނގި މި ރަހުމުކުޑަ ޢަމަލުގައި، އުމުރުން 23 އަހަރުގެ ފިރިހެނަކު ވަނީ ރަހީނުކޮށްގެން ގެންގޮސް ރޭޕްގެ ޝިކާރައަކަށް ހަދާލާފައެވެ. 70 ގަޑިއިރު ވަންދެން އޭނާ ހިފެހެއްޓުމަށްފަހު ރޭޕްކޮށްފައިވާއިރު، ފަހުން އޭނާ ފެނުނީ ކުނިގޮނޑެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ.

މި ހާދިސާ އާއި ގުޅިގެން ޚާއްސަ ތަހުޤީޤެއް މިހާރު ކުރިއަށްދާއިރު، އޮފިޝަލުން ބުނީ އެ ފިރިހެން މީހާ ރަހީނުކޮށްގެން ގޮސްފައިވަނީ، ތިން އަންހެނުން ތިބި ޓެކްސީއަކަށް ނޭނގި އޭނާއަށް އެރުމުންނެވެ. އެއާއި އެކު އެމީހުން އޭނާ ގެންގޮސް ގުދަނެއްގެ ތެރޭގައި ބާއްވައި ތަފާތު އެކި ގޮތްގޮތުން އަނިޔާ ދެމުންދިޔަކަން ތަހުޤީޤަށް ވަނީ އެނގިފައެވެ. މީގެ އިތުރުން އެމީހުން ވަނީ އޭނާއަށް މަސްތުވާތަކެތިވެސް ގަދަކަމުން ދީފައެވެ.

މި ހާދިސާއަށްފަހު އެ ފިރިހެންމީހާއަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. ފުލުހުން މިހާރު މަސައްކަތް ކުރަމުން ދަނީ މި ޢަމަލު ހިނގި ތިން އަންހެނުން އަތުލައިގަތުމަށެވެ. ނަމަވެސް އެކަން އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މިއީ އެފްރިކާގައި މިގޮތަަށް ފިރިހެނަކު ރޭޕް ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މިފަދަ ހާދިސާތައް އެޤައުމުގައި ހިނގާފައި ވާއިރު، މި ޢަމަލުތަކުގެ ފަހަތުގައި އަންހެނުންގެ ގޭންގެއް ވާކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕިސް

    ފިރިހެނަކު ރެޕް ނުކުރެވޭނެ
    އެކަމަކު ރަހީނު ކުރެވިދާނެ.

    2
    2
  2. ހހހހހހ

    އަންހެނުންނާ އެއްވަރަށޭ ނުބުނޭ!! އަންހެނުން ގިނަ ރޭޕް ވާވަރު ފިރިހަނުންނަށް ވުރެ... އަހަރެންވެސް ބޭނުން ފިރިހަނެެއް ރޭޕް ކުރަން

    1
    4
    • އާދެބަލަ

      ނިކަށް އާދެބަލަ އެހެންކިޔައިފަ!!

  3. އޭއާރް

    އިންޑިޔާގެ ފިރިހެނުން ތިތަނަން ފޮނުވަން ވވވވވ ފެނޭ.