ޗާޖު ކުރަން ޖަހާފައި އޮތް ސްމާޓް ފޯނެއް ގޮވައި މީހަކު މަރުވެއްޖެއެވެ.

މޯބައިލް ފޯން ކައިރީގައި ބާއްވައިގެން ނިދުމަކީ ބައެއް މީހުންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. އަތުޖެހޭ ހިސާބުގައި ފޯނު ނެތް ނަމަ ބައެއް މީހުންގެ ލޮލަށް ނިދިވެސް ނާންނަ ކަމަށް ވެއެވެ. އެގޮތުން ކައިރީގައި ފޯނުން ޖާޗަށް ޖަހައިގެން ނިދުމުގެ ސަބަބުން ވަނީ މެލޭޝިޔާގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައެެވެ.

މިހާދިސާގައި މަރުވެފައި ވަނީ މެލޭޝިޔާގެ މީހެކެވެ. ކްރެޑަލް ފަންޑުގެ ސީއީއޯ ނަޒްރިން ހަސަންގެ ފޯނު ގޮވައި ހިނގި ހާދިސާގައި އޭނާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިހާދިސާގައި ފޯނު ގޮވުމުގެ ސަބަބުން އޭނާގެ ނިދަން އޮތް ގޮދަނޑީގައި ރޯވެ އަނދާފައިވާ އިރު އޭނާ މަރުވީ ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ކަމެއް ނުވަތަ ފޯނު ގޮވި ވަގުތު އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމެއް ޔަގީނެއް ނުވެއެވެ.

މެލޭޝިޔާ ފުލުހުން މިކަން ތަހުގީގު ކުރަމުން އަންނައިރު މަރުވި މީހާ 2 ފޯނު ގެންގުޅުނެވެ. ފޯނު ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އޭނާ ގެންގުޅުނު ދެ ފޯނު ވެސް ވަރަށް ބޮޑަށް އަނދާފައެވެ.

ފޯނުގެ ބޭނުންތައް ގިނަވެ ފޯނާއި ނުލައި ނޫޅެވޭ ވަރަށް ކަންތައްތައް ގޮސްފައި ވާއިރު ފޯނުގެ ސަބަބުން ހިނގާ ތަފާތު ހާދިސާތައް ވެސް މިދަނީ ކުރިމަތިވަމުންނެވެ. ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖަހާފައި ބޭއްވުމަކީ ވަރަށް ގިނަ މީހުން އަމަލު ކުރާ ގޮތެކެވެ.

ގިނަ އިރު ވަންދެން ޗާޖް ކުރަން ބާއްވައިގެން، ފޯނު ގޮވުން ފަދަ ހާދިސާތަކަކީ ވެސް މި ފަހުން ހިނގާފައި ހުރި ކަންކަމެވެ. ފޯނާއި ޓެބްލެޓް 100 ޕަސެންޓް ޗާޖް ކުރުން މުހިއްމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު