ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފިރިހެން ފަންނާނުންގެ ތެރެއިން އަބްދުﷲ މުއާޒް (މުއާ) އަދި ރަވީ ފާރޫގް (ރަވީ) އަކީ ބެލުންތެރިންގެ މެދުގައި މަގްބޫލު ދެ ފަންނާނުންނެވެ.

"ބައިސްކޯފުން" ގެނެސްދިން ޕްރޮގްރާމެއްގައި މުއާ ބުނީ ދެ މީހުންގެ ދެމެދުގައި ރައްޓެހިކަމަށް ވުރެ ބޮޑަށް އަބަދުވެސް އޮންނަނީ އާއިލީ ގުޅުމެއް ކަމަށާއި، އޭނާގެ ނަަޒަރުގައި ރަވީ ދެެކެނީ ބޭބެއެއް ގޮތަށް ކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތަކުގައި ރަވީއާ މަޝްވަރާކޮށް، އެތައް ކަމެއްގައި ރަވީގެ ހިޔާލާއި، ރަނގަޅުކުރަން ޖެހޭ ކަންކަން ބުނެދީ ނަސޭހަތް ދީފައިހުރިކަމަށް މުއާ ބުނެއެވެ.

މުއާއަކީ، ފިލްމީ ތަރި މަރިޔަމް އައްޒަގެ ފިރިމީހާއެވެ. އަދި ރަވީއަކީ އައްޒަގެ އެއްބަނޑު ދައްތަ އައިޝަތު ރިޝްމީގެ ފިރިމީހާއެވެ.

ރަވީ އާއި މުއާގެ ގުޅުން ކުރުކޮށް ފޮނިކޮށް ކިޔައިދެމުން ރަވީ ބުނީ ދެ މީހުންގެ ރަހުމަތްތެރިކަން ފެށިފައިވަނީ 2003 ވަނަ އަހަރު ކަމަށެވެ. އޭރު ދިމާވީ ރައްޓެއްސެއްގެ ފަރާތުން ކަމަށާއި، އޭގެ ފަހުން ސީއެޗްއެސްސީއަށް ރިޝްމީމެންނަށް ނަށަން ދަސްކޮށްދެން ވެސް ދާކަމަށް ބުންޏެވެ. އޭރުން ފެށިގެން ގުޅުން ބަދަހިވީ ކަމަށާއި، ދާއިރާގައި ކުރިއަރަަމުން އައީ ދެމީހުން އެކުގައި ކަން ވެސް ރަވީ ފާހަގަ ކުރިއެވެ.

"ދެމީހުންގެ ގުޅުމުގައި ޖެހުނު ކުންޏެއް ޖެހުނީ 2013-2014 އެހާ ތަނުގައި. އަސްލު ހަގީގަތުގައި ކޮބާކަމެއްވެސް ނޭނގެ އޭރު ޖެހުނު ކުންޏަކީ. އޭރުގަ ކޮންމެހެން ދެ މީހުންނަށް ވެސް މަސައްކަތް ނުކުރެވުނީ ކިހިނެއްކަން ވީ ބަލައި، ގުޅުން ބަދަހިކުރަން ވެސް. ދެން އެހުރިގޮތަށް ދެމީހުންވެސް ޑިސްޓެންސް ދީފަ ހުރީ" ދެމީހުންގެ ގުޅުން ހީނަރުވެގެން އައި ދުވަސްތަކެއްގެ ވާހަކަ ރަވީ ހިއްސާކުރިއެވެ.

އޭރު ކުންޏެއް ޖެހިގެން ދެމީހުން ދުރުވެފައިވީ ކަމުގައި ވިޔަސް، މިހާރު ދެމީހުންގެ ގުޅުން ރަނގަޅެވެ. ގުޅުން ބަދަހިވީ ގޮތް ކިޔައިދެމުން ރަވީ ބުނީ ދެމީހުން އެއްގެޔެއްގެ މީހުންނާއި ކައިވެނިކުރެވުނީމަ ކަމަށެވެ. ދާދި ފަހުން މުއާގެ އޮޕަރޭޝަނެއް ކުރުމުން ހާލު ބަލަން މެސެޖް ކޮށް އެދުވަހު ވާހަކަ ދެކެވުނު ކަމަށް ބުންޏެވެ. އަދި އޭގެ ފަހުން ދެމީހުން އެކުގައި މަސައްކަތް ވެސް ކޮށްފައިވެެއެވެ. މީގެ ކުރިން ވެސް ދެމީހުން އެކުގައި ފިލްމީ ދާއިރާގެ ބޭރުން ވެސް އެތައް މަސައްކަތެއް ކޮށްފައިހުރިކަން ފާހަގަ ކޮށްފައިވެއެެވެ.

"އެއީ ހަމަ ވަރަށް އުފާވި ދުވަހެއް. އެދުވަހު އަމިއްލަޔަށް ގަބޫލުކުރެވުނު ރަވީ ހުރިކަން. ވަރަށް ބޮޑަށް އުފާވި ހަމަ މެސެޖް ލިބުނީމަ. އުފަލުން ރޮވުނު ހަމަ. މެސެޖް ލިބުނީމަ ހަމަ ކުރެވުނު އިހުސާސް އެނގޭނެ އެގަޑީ ކައިރީގައި ހުރި އަައްޒައަށް" ދުވަސް ގަނޑަކަށް ފަހު ރަވީގެ މެސެޖެއް ލިބުމުން ވީ އިހުސާސް ހިއްސާކުރަމުން މުއާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮޔާ

    އެކަމު މި ރަވީގެ އެހެން އިންޓަވިއުއެއްގަ ބުނި ތިމަންނަ ކުރިއަކުން ދަންނަ މީހެއްވެސް ނޫނޭ މުއާ އަކީ. ފިލްމުކުޅެން އެނަން ކިޔާ ސޮރަކު އުޅޭ ވާހަކަ އަޑު އަހަމޭ. ނުވެސް ދަންނަމޭ ރައްޓެއްސެއްވެސް ނޫނޭ. 🙃

  2. ހޯރަ

    މި މީހުންގެ ވާހަކަތައް ވަގުތުން ގަންނާތީ މަ ހަމަ އަޖައިބުވޭ. މީ އެވަރު މަޝްހޫރު ބައެއް ނޫން. ކޮންމެ މީހެއްގެވެސް މާޒީ ވަރަށް ހުތުރު

  3. ޖަނާބު

    ތިހެން އުޅެއުޅެފާ ހަމަ ކުއްލިއަކާ ރާޅެއްް ދިންދާލާނީ. ދެން......