ބޮލީވުޑުގެ އެކްޓަރ ސޯނޫ ސޫދުއަކީ މީސް މީޑިޔާގައި ހަރަކާތްތެރި ފަންނާނެކެވެ. ހަމައެހެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

އެހީ ބޭނުންވާ ފަރާތްތަކުން އެހީތެރިކަމަށް އެދި ސޯނޫ ސޫދަށް މެސެޖު ކުރުމުން އެމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި ފާހަގަ ކޮށްލެވޭ މި ފަންނާނަށް ބައެއް މީހުންގެ ފަރާތުން މަޖާ މެސެޖުތައް ވެސް ލިބެއެވެ.

އެގޮތުން މިފަހަރު ސޯނޫ ސޫދަށް ޓެގްކޮށް ކޮށްފައިވާ ޓުވީޓެއްގައި މީހަކު އެދިފައިވަނީ އޭނާގެ ލޯބިވެރިޔާ އައިފޯނެއް ބޭނުންވެގެން އުޅޭ ކަމަށެވެ. އެހެންކަމުން ލޯބިވެރިޔާއަށް ދިނުމަށް އައިފޯނެއް ހޯދައިދިނުމަށް އެދިފައިވެއެވެ.

މި ޓުވީޓަށް ޖަވާބުދެމުން ސޯނޫ ސޫދު ބުނެފައިވަނީ އިތުރު އެހެން ހިދުމަތެއް ބޭނުން ނަމަވެސް ބުނެލައިދިނުމަށް އެދިފައިވެއެވެ. މީސް މީޑިޔާގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ޓުވީޓަށް ޖަވާބުދެމުން އިތުރަށް ސޯނޫ ބުނެފައިވަނީ އެމީހާގެ ލޯބިވެރިޔާއަށް އައިފޯނެއް ދީފިނަމަ އެމީހާއަށް އެއްވެސް އެއްޗެއް ފަހުން ނުލިބޭނެ ކަމަށެވެ. އެއްވެސް މޮޅެއް ނުވާނެ ކަމަށެވެ.

ސޯނޫ ސޫދަކީ އެކްޓިންގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ހަމައެފަދައިން މިދިޔަ އަހަރު އިންޑިޔާގައި ކޮވިޑް-19 ފެތުރުމާއި އެކު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފާހަގަ ކޮށްލެވެއެވެ.

ހޮސްޕިޓަލުން އެނދު ބޭނުންވާ ފަރާތްތަކަށާއި އޮކްސިޖަން ބޭނުންވާ ފަރާތްތަކަށް ވެސް އެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނާނެކެވެ.

އިންސާަނިޔަތަށްޓަކައި ސޯނޫ ސޫދު ކޮށްދޭ މި މަސައްކަތުގެ ސަބަބުން އޭނާއަށް ވަނީ އެތައް ބައެއްގެ ލޯބި ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު