ދެކުނު ކޮރެއާގެ ލަވަ ކިޔާ ދެ ގުރޫޕެއް ކަމުގައިވާ ބީޓީއެސް އާއި ބްލެކްޕިންކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި މަގުބޫލު ދެ ގުރޫޕެެވެ. ހަމައެހެންމެ މި ދެގުރޫޕުގެ ސަޕޯޓަރުން ވެސް އެހާމެ ގިނައެވެ.

އެގޮތުން ބީޓީއެސްގެ ސަޕޯޓަރުން ކަމުގައިވާ އާމީ އާއި ބްލެކްޕިންކުގެ ސަޕޯޓަރުން ކަމުގައިވާ ބްލިންކްސްގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފައެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ބްލެކްޕިންކް ގުރޫޕް އުވާލާކަމަށް އަރާފައިވާ އަޑުތަކާ ގުޅިގެން ބްލިންކުން ބީޓީއެސްގެ ބައެއް މެމްބަރުންނާއި އެމީހުންގެ އާއިލާއާއި ބެހޭގޮތުން ދައްކާފައިވާ ދަށުދަރަޖައިގެ ވާހަކަތަކެއްގެ ސަބަބުންނެވެ.

ބްލެކްޕިންކު އުވާލަން އުޅޭކަމުގެ ވާހަކަތައް ދައުރުވުމުން ބްލިންކްގެ ސަޕޯޓަރުންގެ އަމާޒަކަށް ވީ ބީޓީއެސްގެ މެމްބަރުންނެވެ. ނަމަވެސް ބްލެކްޕިންކު އުވާލާނެކަމުގެ އެއްވެސް އިޝާރާތެއް ވެސް ލިބިފައެއް ނުވެއެވެ.

ބްލިންކުން އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ބީޓީއެސްގެ މެމްބަރެއް ކަމުގައިވާ ޖިމިންއަށެވެ. ޖިމިންއާ ބެހޭގޮތުން ރޭޕްގެ ވާހަކަތަކެއް ދައްކައި އެކަމަށް ތަފާތު މީމްސް ހަދައި ޖިމިންގެ މާމައާއި ބެހޭގޮތުން ވެސް ތަފާތު ވާހަކަތައް ދައްކާފައިވެއެވެ.

މިކަމާއި ހިތްހަމަ ނުޖެހިފައިވާ އާމީގެ ފަރާތްތަކުން ދަނީ ބްލިންކުގެ ފަރާތްތަކަށް މީސް މީޑިއާގައި ރައްދު ދެމުންނެވެ. މިކަމާ ގުޅިގެން އެތައް ޓުވީޓުތަކެއް ދަނީ ކުރަމުންނެވެ.

ބީޓީއެސް ގުރޫޕުން އެމީހުންނަށް މައާފް ކުރި ނަމަވެސް އާމީއިން އެމީހުންނަށް މައާފް ނުކުރާނެ ކަމަށް ވެސް ޓުވީޓެއްގައިވެއެވެ. ހަމައެހެންމެ މަރުވެފައިވާ މާމައާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓުވީޓެއްގައިވެއެވެ.

ބީޓީއެސްގެ މެމްބަރުންނާ ބެހޭ ގޮތުން މީސްމީޑިއާގައި ދެކެވިފައިވާ މިފަދަ ވާހަކަތަކުން ރުޅިއައިސްފައިވާ އާމީން ދަނީ މީސް މީޑިއާ ކައްކާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. TAETAE💜

    އައެމް އަ ޓްރޫ އާރމީ.. ބްލިންކެއް ނޫނަސް ބްލެކްޕިންކްގެ ލަވަތައްވެސް ބަލަން.. އެކަމަކު ބްލިންކްސް އެކުރީ ރަނގަޅުކަމެއް ނޫން.. އެމީހުންނެއް ކަމަކު، ބީޓީއެސް އަކާއި ބެހޭކަށް ނުޖެހޭނެ. އަދި މަރުވެފައި އޮތް މާމައާއި ބެހޭކަށްވެސް ނުޖެހޭނެ.. ބްލެކްޕިންކް އުވާލިއަސް ބީޓީއެސް އަކަށް ބްލޭމް ކުރާކަށް ނުޖެހޭނެ.. އީވެން ދޯ ވައިޖީ އިން ނުބުނެ ދޯ ބްލެކްޕިންކް އުވާލަމެކޭ.. ދެން ބްލިންކްސްއަށް އެވަރު ވާކަށް ނުޖެހެ އެކަމަކު..

    19
    8
  2. Anonymous

    ލޮލް

    4
    4
  3. ާނޫނާ

    މުޅި ކޭޕޮޕް އިންޑަސްޓްރީ ޖޭވާނެ ބީޓީއެސްދެކެ. ތިބުނާ ބުލިންކު ކުދިންނަށްވެސް ހަމަ ހަޖަމްނުވަނީ. ކިތަންމެ ވަރެއްކުރިޔަސް ބީޓީއެސް ޕްރޮފެޝަނަލް ވާނެ. އެކަމަކު އަހަރެމެން އާމީސް އެބަޔަކަށް ހޭއަރުވާލާނަން 💜😁💜

    9
    3
    • ށher

      ތި ހިރީ ތި ބުނާ ޑިސިޕްލިން ރަގަޅު ސޯ ކޯލްޑް އާމީސް ގެ ގޮތް...😆😆😆😆😆 ޖައްސާލާނެ ބައެއް ނުފެނިފައޭ ދޯ..

      3
      5
      • އާރމީ

        ތީނަ ވެސް ތިއޮޅެނީ ޖައްސާލައިގެންނެން ނު ބީޓީއެސް އާ

        3
        2
  4. ށެހަ

    ތި ބުނާ ބީޓީއެސް އަކާ ހެދި އެންމެން ހަލާކް.... ދެއާ ފޭންސް އާ ކްރޭޒީ.. އެމީހުން އުޅެނީ އެންމެންނާ ޖައްސާލައިން.. ހާދަ ފޫއްސެއް ވެޔޭ.. ކޮންމެސް އާމީ އަކޯ..ޕުފްފް.... ފޭކް މީހުން..

    4
    5
    • ބީޓީއެސް 💜💜

      އެންމެން ހަލާކުވިޔަސް ތިޔަ މީހާ ހަލާކު ނުވަންޏާާ ނިމުނީ ނު ކޮންބެހޭކަމެއް ތަ . ވީ އާ ކްރޭޒީ ފޯ ދެމް . އައި ލަވްދެމް އައި ގޭޓް އެންޓީސް ލައިކް ޔޫ ކިހިނެއް އިނގެނީ އެންމެ ނާ ޖައްސާލާގެން އުޅޭކަމަށް އެއްޗެއް އިނގިގެން ކީމާ ނިމުނީ ނު . ބީޓީއެސް އާ ބެހެފިއެތް ނު އަދި އާރމީސް އަށް އިނގޭނީ ދެއާރ ކައިންޑްނެސް . ސޯ ޑޯންޓް ޓޯކް އެބައުޓް ދެމް . މައިންޑް ޔުއަރ އޯން ބިޒްނަސް

      7
      1