މިދިޔަ ޢީދު ދުވަހުގެ ވަގުތެއްގައި ގިނަ ޢަދަދެއްގެ ކުޑަކުދިން، ރެސްޓޯރެންޓެއްގައި ތިބެ ޝީޝާ ބޯ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވެ އެތައް ބައެއްގެ ނުރުހުންވުން އެކަމަށް އަމާޒުވެއްޖެއެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ މިސްރަށް ނިސްބަތްވާ އުމުރުން 10 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންތަކެއް، އެޤައުމުގެ ރެސްޓޯރެންޓެއްގައި ތިބެ ޝީޝާ ބޯ މަންޒަރެވެ. އަދި ޝީޝާ ތައްޔާރުކޮށްދިނުމުގައި އެކުދިންނަށް، ރެސްޓޯރެންޓުގެ މުވައްޒަފުން އެހީވާ މަންޒަރުވެސް މިވީޑިއޯއިން ފެނެއެވެ.

މިކަމުގެ ސަބަބުން މީސް މީޑިއާގައި ގިނަ ބަޔަކު ނުރުހުންވުން ފާޅުކުރަމުންދާއިރު، އެފަރާތްތަކުން ވަނީ އެކަން ތަހުޤީޤުކޮށް ކުދިންނަށް ޝީޝާ ދިން ރެސްޓޯރެންޓާއި މެދު ފިޔަވަޅު އަޅައި އަދަބު ދިނުމަށް ގޮވާލާފައެވެ.

ހަމަ އެހެންމެ އެކުދިންގެ ބެލެނިވެރިން ހޯދައި އެފަރާޓްތަކަށްވެސް އެކަން އެނގުމަށާއި، ކުދިންނަށް އެފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތު ފޯރުވައިދީ ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އެހެން ގިނަ ޤައުމުތަކާއިވެސް އެއްފަދައިން މިސްރުގެ ސިއްޙީ ވުޒާރާއިންވެސް ކުކުދިން ދުންފަތް ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އިތުރުން ޝީޝާ ބުއިން މަނާކޮށްފައިވާއިރު، މިހާރު ޢާންމުވެފައިވާ ވީޑިއޯ އާއި ގުޅިގެން ރެސްޓޯރެންޓާއި މެދު ފިޔަވަޅެއް އަޅާފައިވާކަމެއް ހާމައެއް ނުކުރެއެވެ.

ދުންފަތާއި ޝީޝާ ފަދަ ތަކެތި ބޭނުންކުރުމަކީ ސިއްޙީގޮތުން ކުދިންނަށް ނުރަނގަޅު އެތައް އަސަރެއް ކުރިމަތިކުރުވާ ކަމަކަށްވާއިރު، މިހާތަނަށްވެސް މިފަދަ ޢަމަލުތަކުގެ ސަބަބުން ބައެއް ކުދިންނަށް ހިތާމަވެރި ހާލަތްތަކާއި ކުރިމަތިވެފައި ވެއެވެ. މިފަދަ ޢަމަލުތަކުގެ ތެރޭގައި ކުޑަކުދިން އުޅޭއިރު، އެފަދަ ކަންތައް ހުއްޓުވައި ކުދިންނަށް ނަސޭހަތްތެރިވުމަކީ ކޮންމެ މީހަކުވެސް ނަގަންޖެހޭ ފަރުދީ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ ތަމެން އަދިވެސް އުޅޭތި ޕާރސް ތެރެއަށް ޝީޝާ ބޯ ތުންގަނޑު ލައިގެން އިނގޭތޭ މަމެން ދަންނަމޭ އެކަން ވަރަށް ރަނގަޅަށް ދަބީތާއާ ދަ ގަމާރާ ދަ ވޯޓް ވަގޭ.

  2. އަލިތަކުރު

    ވަގުތު ނޫސްވެރިން ނިކަން ރަނގަޅަށް މާލޭގެ ބައެއް ކެފޭ ރެސްޓޯރެންޓް ތައް ބަލާލާފަ ރިޕޯރޓެއް ހަދާލަބަލަ.. 14 އަހަރާ 18 އަހަރު ނުފުރޭ ކިތައް އަންހެން ކުދިންނާ ފިރިހެން ކުދިންތޯ ތިޔަކަމުގަ އުޅެނީ.. ބިރުން ފިއްކަނޑައިގެންދާނެ.

  3. އައިރިން

    މރާއްޖޭގައި ވެސް ކުޑަކުދިންނަށް ބައެއް ރެސްޓޯރެންޓް ތަކުން ޝީޝާ ބޯންދޭ . ވަރަށް ޔަގީންކަމާއި އެކު މިބުނީ

  4. ހާމަ

    ރާއްޖެއަކު މަނަލެއްނުވާނެ، ކުދިންނޭ ރާއްޖެއާދޭ މީވަރަށް ފްރީ ޤައުމެއް. މިތާހަމައެކަނި ބަންދުކުރާނީ ވެރިކަމާ ބެހެންޏާ.