އެންމެނަށްވެސް އެނގޭނެ ފަދައިން އިންސާނެއްގެ އުމުރުން 30 އަހަރު ވުމަށް ފަހު އެމީހާ ވަރަށް ސީރިއަސް މީހަކަށް ބަދަލުވެއެވެ. ސީދާ 30 އަހަރު ވާ ދުވަހު މިހެން ނުވި ނަމަވެސް، ގިނަ ފަހަރަށް މިހެން ވަނީ 30 އަހަރު ވުމަށް ފަހުގައެވެ. މިއީ އިންސާނެއްގެ އުމުރު ދެބައިވާ ހިސާބު ކަމުގައި ގިނަ މީހުން ދެކޭ އިރު، 30 އަހަރު ވުމުގެ ކުރިން ކޮންމެ މީހަކުވެސް ތަޖުރިބާ ކޮށްލަން ޖެހޭ ބައެއް ކަންކަން ހުރެއެވެ. އެހެންކަމުން މި ލިޔުމުގައި އެކަންތަކަށް އަލި އަޅުވާލާނަމެވެ.

އެކަނި ދަތުރު ކުރުމަކީ ވަރަށް ފޫހި ކަމެއްގެ ގޮތުގައި ވިސްނިފައި އޮތަސް، ހަގީގަތުގައި މިއީ ވަރަށް މަޖާ ކަމެކެވެ. އެކަނި ދަތުރު ކުރުމުގެ ސަބަބުން މުޅިން އައު މީހުންނާއި ދިމާވެ، އެމީހުންގެ ގޮތްފޮތް ދަސްކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެން ދެއެވެ. އެހެން މީހަކާއި އެކު ގޮސްފިނަމަ މި ފުރުސަތު ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިގޮތަށް އެކަނި ދަތުރުކޮށްފިނަމަ، އެއީ ކިހައި ވަރެއްގެ ކަމެއް ކަމާއި، ހަޔާތުގައި ތިބާ އާއި ދިމާވާ ގިނަ ކަންކަމާއި ކުރިމަތިލާނެ ގޮތް އެނގިގެން ދެއެވެ.

ސިއްޙީ ރަނގަޅު އާދަތަކަކީ އެންމެ ކުޑަ އިރުން ފެށިގެން އަހަރެމެންގެ ގައިގައި އަށަގަންނަވަން ޖެހޭ އާދައެކެވެ. ކުޑަ އިރު މިކަމަށް އާދަ ވެފައި ވާނަމަ، އުމުރު ދެބައި ވާއިރުގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބާ ހުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިފަދަ އާދައެއް ތިބާގެ އުމުރުން 30 އަހަރު ވާއިރު ކަށީގައި ހިފައިފައި ވާނަމަ، އެއީ ތިބާ އަށް ކުރެވުނު ވަރަށް ރަނގަޅު އަދި ފައިދާ ހުރި ކަމަކަށް ވާނެކަން ގައިމެވެ.

ތިބާ ކުރަން ޖެހިލުންވާ ކަންކަން ޅަ އުމުރުގައި ކުރުމަކީ ހަރު އުމުރުގައި ޖެހިލުންވާ ކަންތައް ކުޑަ ކޮށްދޭ ކަމެކެވެ. މިސާލަކަށް ސްކައި ޑައިވް ކުރުމެވެ. މިއީ ގިނަ ބަޔަކު ކުރަން ޖެހިލުންވާ، އަދި ދިމާވާ ކަމަކުން މަރުވުމުގެ ފުރުސަތު އޮތް ކަމެކެވެ. އެހެން ނަމަވެސް، މަރާއި މެދު ނުވިސްނައި، ސްކައިޑައިވެއް ކޮށްފި ނަމަ، ދެން ފަހަރަކުންވެސް އެފަދަ ނުރައްކާތެރި ކަމެއް ކުރާކަށް ޖެހިލުމެއް ނުވާނެއެވެ.

މިފަދަ ކަންކަން ތިބާގެ އުމުރުން 30 އަހަރު ވުމުގެ ކުރިން ކޮށްފައި ވާނަމަ، ހަމަ ގައިމުވެސް ތިބާ ވެގެން ދާނީ ވަރަށް ތަޖުރިބާކާރު އަދި ހަރުދަނާ މީހަކަށެވެ.

 

ADS BY ASTERS

3 ކޮމެންޓް

  1. އަންހެނުން އެކަނި ދަތުރު ކުރުމަކީ އިސްލާމްދީން ނަހީ ކުރައްވާފައިވާ ކަމެއް

    • އެ އޯކޭވާނެ އެކަންޔެއް ނުވާނެ ހެއްދެވި ފަރާތް ހުންނާނެނު ދެން ކީއްވެ އެކަނި ވާންވީ

  2. ވަގުތު މި އާޓިކަލް ގެނެސްދިންލެއް ތަންކޮޅެއްލަސް.
    މިހާރު 31 އަހަރުވީ އޭ.