މިޒަމާނުގައި ތެދުވެރި ލޯބިވެރިޔަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަހަރެމެންގެ ހަޔާތަށް ލޯބިވެރިންގެ ސިފައިގައި އަންނަ މީހުންނަކީ ދާއިމީ މީހެއް ކަމެއް ނުވަތަ ވަގުތީ މެހުމާނެއް ކަމެއް ނޭނގެއެވެ. މި ލިޔުމުގައި އަލި އަޅުވާލާނީ އަހަރެމެން ދެކެ ހަގީގީ ލޯބިވާ މީހުންގެ ކިބައިން ފެންނާނޭ ބައެއް ސިފަތަކުގެ މައްޗަށެވެ.

ކުރާ ރަނގަޅު ކަންކަމުގެ އަގު ވަޒަންކޮށް އެ ކަންކަމަށް ތައުރީފް ކުރުން 

ތިބާ ދެކެ ހަގީގީ ލޯބިވާ މީހަކު ކަމުގައި ވަނީނަމަ، ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ ދައްކައި، އެކަން ކަމުގެ އަގު ވަޒަން ކުރާނެއެވެ. މިއީ އެ ކުރާ ރަނގަޅު ކަންކަން ކުރުން މަތީ ދެމެތިބުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއްވެސް މެއެވެ.

މުސްތަގުބަލާއި މެދު ވިސްނާކަން ހާމަ ކުރުން 

ގިނަ ފަހަރަށް އަހަރެމެންނާ ލައްވާލަނީ ވަގުތީ މެހުމާނަކާއި އެވެ. ކުޑަ ދުވަސްކޮޅެއް ހޭދަ ކޮށްލުމަށް ފަހު ގެއްލިދާނެއެވެ. ތިބާ އާއި އެކު މުސްތަގުބަލެއް ބޭނުންވާކަން ނާންގާ މީހަކީ އެފަދަ މީހަކަށް ވެދާނެއެވެ. އެއީ މުސްތަގުބަލެއް ބޭނުންވާ މީހަކު ކަމުގައި ވަނީނަމަ، އެވާހަކަ ނުބުނެ ބޭއްވުމުގެ އެއްވެސް ސަބަބެއް ނެތެވެ.

ތިބާދެކެ ލޯބިވާކަން އެހެން މީހުން ކުރުމަތީ ދެއްކުން 

މިހާރު އުޅޭ މީހުން ބޭނުންވަނީ ވީހައިވެސް ސިއްރުން ލޯބީގެ ގުޅުމެއް ބާއްވާށެވެ. މިހެން އުޅޭ މީހުންނަކީ ގިނަ ފަހަރަށް އެތައް ލޯބިވެރިންނެއް އެއް ފަހަރާ ގެންގުޅޭ މީހުންނެވެ. މިއާއި ހިލާފަށް، އެހެން މީހުންގެ ކުރިމަތީ އޭނާގެ ލޯބިވެރިޔަކީ ތިބާ ކަން ދެއްކުމަށް ޖެހިލުން ނުވެ، އެހެން މީހުންނާއި އެހައި ގާތް ނުވާ މީހަކީ ތިބާ ދެކެ ހަގީގީ ލޯބިވާ މީހެއް ކަމުގައި ހީކުރުމުގެ ފުރުސަތު އެބަ އޮތެވެ.

މިއީ ތިބާދެކެ ހަގީގީ ލޯބިވާ މީހެއްގެ ފަރާތުން ފެނުން ލާޒިމް ބައެއް މުހިއްމު ސިފަތަކެކެވެ.

 

ADS BY ASTERS

1 ކޮމެންޓް

  1. ތުބުޅިލައިގެންނެއް މިކަހަލަ ލޯތްބެއް ނުވެވޭނެ