ކަޅު ސައި މިހާރު ވެފައި މިވަނީ ދިވެހިންގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ބަޔަށެވެ. ދުވަސް ފެށުމުގެ ގޮތުންވެސް ހޫނު ކަޚެއް ބޯލަން ގިނަ ފަރާތްތަކުން ލޯބި ކުރާ އިރު، މަސައްކަތުގައި ކުޑަ ވަގުތު ކޮޅެއްގެ ބްރޭކެއް ލިބުނަސް އެންމެން އަވަސްވެގެންނަނީ ސައި ތައްޓެއް ބޯލުމަށެވެ. ކޮންމެއަކަސް، ކަޅު ސައި ބުއިމަށް ލޯބި ކުރާ ފަރާތްތަކަށް މިވަނީ ރަނުގެ ފުރުސަތެއް ތަނަވަސް ވެގެން ގޮސްފައެވެ.

ޓޭލާސް އިން އުފައްދާ ޔޯކްޝަޔާ ސައިފަތަކީ ދުނިޔޭގައި ވަރަށް މަޤުބޫލު ސައެކެވެ. މި ދުނިޔެ މަތީގައި ކަޅު ސައި ބުއިމަށް އެންމެ ލޯބި ކުރާ މީހުން އުޅެނީ އިނގިރޭސި ވިލާތުގައި ކަމަށް ވާއިރު، އެ ޤައުމުގެ ގޭ ތަކުންނާއި މަގުތައް މަތިން ބަލައި ކޮންމެ ދިމާ އަކުންވެސް މީހުން ކަޅު ސައި ބޯ މަންޒަރު ފެނިގެންދާނެއެވެ.

އެހެންކަމުން، އެ ޤައުމުގައި އުފައްދާ ސައިފަތުން ކަޅު ސައި ބުއިމަށް ގިނަ ބަޔަކު ލޯބި ކުރެއެވެ. މިފަދަ މީހުންނަށް މިފަހަރު ލިބިފައިމިވާ ރަނުގެ ފުރުސަތަކީ ކަޅު ސައި ބޮއިގެން ފައިސާ ހޯދުމެވެ. މިހާރު ތި އުޅޭ އޮފީހުގައި ލިބޭ ބްރޭކް ގަޑީގައި ކަޅު ސައި ބޯން އަވަސްވެގަންނަ އިރު، ޓޭލާސް އިން ވަރަށް އަވަހަށް އިޢުލާން ކުރަން ހަމަޖެހިފައިވާ "ޓީ ޓޭސްޓާ" ގެ މަގާމަށް ތިބާ ހޮވިއްޖެ ނަމަ، އޮފީހުގައި ހޭދަ ކުރާ ހުރިހާ ވަގުތު ތަކަކީ ބްރޭކް ގަޑިތަކަށް ވެގެން ދާނޭ ކަމާއު މެދު ޝައްކެއް ނެތެވެ.

އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ވަޒީފާގައި ކުރަން ޖެހޭހައިވެސް ކަމަކީ ލޯބި ކުރާ އެއްޗެއްގެ ރަހަ ބެލުމެވެ. ބަދަލުގައި އެތައް ހާސް ޑޮލަރެއް ލިބިގެން ދާނެއެވެ. މި މަގާމުގައި މިވަގުތު 4 މީހަކު ތިބި ނަމަވެސް، އިތުރު މިހާކު ވަރަށް އަވަހަށް ނަގަން ހަމަޖެހިފައިވާ ކަމަށް ޓޭލާސް އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު