ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ މަޝްހޫރު ފްރެންޗައިޒް ބްރޭންޑްއަކުން، ރަޝިޔާގައި މިހާރު ފަށައިގެން ކުރިއަށްދާ ވޯލްޑްކަޕް 2018 އާއި ދިމާކޮށް ހިނގި ޕްރޮމޯޝަނެއް، ޖިންސީ ޢަމަލުތަކަށް އަރައިގަތުމަށް ހިއްވަރުދޭތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެ ހުއްޓާލަން ޖެހިއްޖެއެވެ.

ރަޝިޔާގައި ހިނގާ މި ބްރޭންޑުގެ ރެސްޓޯރެންޓަކުން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި ވަނީ، މިފަހަރުގެ ވޯލްޑްކަޕަށް އެޤައުމަށްދާ ކުޅުންތެރިއެއްގެ ދަރިއަކަށް ބަލިވެ އިނދެއްޖެކަން ސާބިތުވާ އެޤައުމަށް ނިސްބަތްވާ ކޮންމެ އަންހެނަކަށް، އެ ރެސްޓޯރެންޓުން އުމުރަށް ކެއުން ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ފަންސާސް ހާސް އެމެރިކާ ޑޮލަރުގެ ހަދިޔާއެއްވެސް އެފަރާތަކަށް ދިނުމަށް ރެސްޓޯރެންޓުން ވަނީ ނިންމާފައެވެ.

ވޯލްޑްކަޕް ފެށުމުގެ ކުރިން އިއުލާނުކުރި މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު، ބައެއް ފަރާތްތަކުން ތިބީ އެފަދަ ޕްރޮމޯޝަނެއް ހިންގާތީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި އެއީ ޖިންސީ ޢަމަލުތަކަށް ހިއްވަރު ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ، ޕްރޮމޯޝަން ހުއްޓާލާފައިވާކަން މިހާރު ރަޝިޔާގައި ހިންގާ އެ ރެސްޓޯރެންޓުން އިއުލާނު ކޮށްފައިވާއިރު، އެފަރާތުން ވަނީ އެފަދަ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ނިންމުމުން ކަސްޓަމަރުންގެ ކިބައިން މަޢާފަށްވެސް އެދިފައެވެ. މި ޕްރޮމޯޝަން ފެށިފަހުން މިހާތަނަށް ޕްރޮމޯޝަންގެ ދަށުން އެއްވެސް ފަރާތަކަށް އިނާމެއް ލިބިފައެއް ނުވެއެވެ.

އެ ރެސްޓޯރެންޓުން ބުނެފައިވަނީ، ޕްރޮމޯޝަން ހުއްޓާލުމަށް ނިންމީ އެއީ ބައެއް ފަރާތްތަކަށް ރައްދުވާ ފުރައްސާރައެއް ކަމަށް ޤަބޫލު ކުރެވޭތީ އާއި، އެ ޕްރޮމޯޝަނުގެ ސަބަބުން ރެސްޓޯރެންޓަށް ގިނަ ބައެއްގެ ނުރުހުންވުމާއި ފާޑުކިއުން އަމާޒުވަމުންދާތީ އެވެ. މީގެ ކުރިން ޕްރޮމޯޝަނާއި ގުޅޭ އިޝްތިހާރުތައްވެސް ރެސްޓޯރެންޓުގެ ފަރާތުން ސޯޝަލް މީޑިއާގައި ދައުރުކޮށްފައި ވެއެވެ. ނަމަވެސް ފަހުން އެ ޕްރޮމޯޝަން ހުއްޓާލުމަށް ނިންމި ނިންމުމާއި އެކު އެ އިޝްތިހާރުތައް ވަނީ ނަގާލާފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ފަހު ގިނަ ދުވަސްތަކެއް ނުވަނީސް، ޕްރޮމޯޝަން ހުއްޓާލާފައިވާއިރު، ވޯލްޑްކަޕްއަށް ރަޝިޔާއަށްދާ މީހުންނާއި އެކު ބަދު އަޚުލާޤީ ޢަމަލު ހިންގިޔަސް އެކަން އެންމެ ރަނގަޅު ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން ވަނީ ބުނެފައެވެ. ޕުޓިންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ރަޝިޔާގެ އަންހުންނަކީ ކޮންކަމެއްވެސް އަމިއްލަޔަށް ކުރަން ކެރޭ ފިސާރި ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދުރުމި

    ތިތަނައް ކެނެރީގެ ނަޝީދު ފުނުވަން ފެނެއެވެ އެއީ ބޭނުން ވަރަކައް މަޖާކޮއްލެވޭނެތީ.

    • ކުާރިމި

      ދުރުމި އެތަނަށް ފޮނުވަންވީ ކަލޭ

    • ކެނެރީ ސޮނި މުގާބޭ

      ކެނެރީ ދަތްޖާލު ދާނެ އެތަނަށް

  2. ޙ

    ކީއްވެތަ ނަސީދު ގައިގަ އަޅައިގަނެގެން ނައްޓާ ނުަލައިގެން ތިއުޅެނީ ބުރޯ ތީތި ކަޑައޭ ބޮޑުތަނުން ކޑައޭ

    • ޔޫސުބު

      ކަލޭމެން ވަރިހަމަދޯ ރައީސް ޔާމީނަށް ހެއްދެވިހާ އެއްޗެތިގޮވަން

    • ޢަންނި

      އަންނި އަކީ މާބުރު އުޅޭގޮތަށް އުޅެން ސަޕޯޓް އަބަދުވެސް ކުރާ ކޮހެއް

  3. މާރިޔާ

    ނަޝީދު އަކީމިގައުމްގެހަލާކް

  4. އަސްލަމް

    ތިތަނައް ކެނެރީގެ ނަޝީދު ފުނުވަން ފެނެއެވެ އެއީ ބޭނުން ވަރަކައް

  5. ށ

    ކެނެރީ ނަސީދު އެއީ ލާދީނީ ފިކުރަށް މަރުދޭ މީހެއް އެހެންވެ އަހަރެމެން އޭނަބޮލުގަ އެކަހަލަ ކަންކަން މިއަޅުވަނީ ރާއްޖޭގަ އަންހެނުން ނަމާދު ކުރަން ހާއްސަ ކޮށްފަހުރި ހުރިހާ މިސްކިތް ތަށް ބަންދުކުރި މީ ހަގީގަތް މީ އިސްލާމް ދީންދެކެ ލޯބިވާ މީހަކު ކުރާނެ ކަމެއްނޫން...

    • އިސްލާޙް

      އަންހެނުން ނަމާދުކުރުމަށް ޚާއްޞަ މިސްކިތް ހުންނާކަށް ނުޖެހޭ...އަންހެނުން ނަމާދުކުރާނީ ގޭގަ ނުވަތަ ފިރިހެނުންގެ ސަފުތަކުގެ ފަހތުގަ

  6. Anonymous

    އަފިހުންބަހާ ޔާމީނުވެސް ބުނި ހިލޭއަންހެނުންނެއް ނޫނޯ އެއީ ރާ ޝިޔާމް ކައިރި