މޯލްޑިވިއަން އައިޑަލް ޕްލެޓްފޯމުން އާންމުންގެ މަގްބޫލުކަން ހޯދި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ފިލްމުތަކުންނާއި، ޕްރޮގްރާމް ހޯސްޓެއްގެ ގޮތުގައި ބެލުންތެރިންނަށް ފެންނަމުންދާ ހަސަން އިރުފާން (ޒަކިއްޓެ) ވަނީ މަރިޔަމް އައްޒަ ހޯސްޓް ކޮށްދޭ "އަޒޯނާ" ޓޯކްޝޯގައި ބައިވެރިވެފައެވެ.

އަޒޯނާ ޓޯކް ޝޯގައި ވާހަކަ ދައްކަމުން ޒަކިއްޓެ ބުނީ މޯލްޑިވިއަން އައިޑަލްގައި ބައިވެރިވީ އެ ޕްލެޓްފޯމަކީ ލަވަކިޔުމުގެ އެންމެ "ބޭސިކް" ހުނަރު ދަސްކޮށްދޭ ޕްލެޓްފޯމަކަށް ވާތީ ކަމަށެވެ. އަދި އޭގެ ސަބަބުން ލަވަކިޔުމަށް ވަރަށް ބޮޑަތި ބަދަލުތަކެއް އައިސް، ލަވަކިޔުން ކުރިޔަށް ވުރެ ރީތިވެއްޖެ ކަމަށް އަމިއްލަޔަށް ގަބޫލުކުރެވޭ ކަމަށް ޒަކިއްޓެ ބުންޏެވެ.

ޒަކިއްޓެ ބުނީ ލަވަ ކިޔާތާ ދެ އަހަރުވީ އިރު، އޭގެ ކުރިން ކިޔުނީ ލަވައެއް ނޫން ކަމަށެވެ.

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ލަވަތަކާ ގުޅޭގޮތުން ސުވާލު އުފައްދާ ޒަކިއްޓެ އާންމުކުރި ހިޔާލަކާ ގުޅިގެން ދިވެހީންގެ ފަރާތުން އޭނާއަށް ފާޑުކިޔުން ރައްދުވެ މައްސަލަގަނޑު ވަރަށް ގޯސްވިއެވެ. ޒަކިއްޓެ އަށް މީސް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައި ވަނީ އޭނާ ފޭސްބުކް ގައި ޕޯސްޓެއްގައި އަލީ ރަމީޒް ގެ ލަވަތަކަކީ %80 ކޮޕީ ލަވަތައް ކަމަށް ބުނުމުންނެވެ. އެއާއި އެކު ގިނަ ބަޔަކު ވަނީ ޒަކިއްޓެއަށް އަދި "އަލީ ރަމީޒާއި ގާތައް ވެސް ދެވެން ނޫޅޭ" ކަމަށް ބުނެ އަލީ ރަމީޒުގެ ލަވަތަކަށް ތާއިދުކޮށް ވާހަކަ ދައްކަން ފަށާފައެވެ.

އެ މައްސަލަ ގޯސްވުމުން ޒަކިއްޓެ މިހާރު ވަނީ އޭނާގެ ޕޯސްޓް ޑިލީޓް ވެސް ކޮށްލާފައެވެ.

މުޅި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ޒަކިއްޓެއާ ދެކޮޅަށް ތަފާތު ވާހަކަތައް ދައްކަން ފަށައި އޭނާއަށް މަލާމާތާއި ފުރައްސާރައިގެ ބަސްތައް އަމާޒުވާން ފެށުމުން ޒަކިއްޓެ ވަނީ އެކަމާއި ގުޅިގެން މާފަށްވެސް އެދިފައެވެ. އަޒޯނާ ޓޯކްޝޯގެ ތެރެއިން ވާހަކަ ދައްކަމުން ޒަަކިއްޓެ ބުނީ އެ މައްސަލައާއި ގުޅިގެން ޒަކިއްޓެގެ ލަވަތައް އަޑުއަހާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކު ހަޑިކޮށް ލަވަ ކިއާ ވާހަކަ ބުނެފައި ނުވާނެ ކަމަށް ޒަކިއްޓެ ބުންޏެވެ.

"ޒަކިއްޓެ ހަދާފަހުރި އަމިއްލަ ރާގުތަކުގެ ތެރެއިން ދެތިން ލަވައެއް އުޅޭނެ ޒަކީއަށް ވަރަށް ރީތި. އެ ލަވަތައް ރީތި ވަރަށް ބައިވަރު މީހުންނަށް ވެސް. ސޯޝަލް މީޑިއާގައި ކެންސަލް ވީ ފަހުން އެ ލަވަތައް މީހުންނަށް ހަޑިވީ. އައި ނޯޓިސް ސައުންޑްކަލައުޑާއި ޔޫޓިއުބް ޕްލޭތައް ހަމަ ޑްރޮޕްވި" މައްސަަލަގަނޑު ހޫނުވީ ހިސާބުން އެހުންތެރިންނަށް އައިސްފައިވާ ބަދަލު ޒަކިއްޓެ ކިޔައި ދިނެވެ.

"ވާހަކަ ދެއްކީ މަސްވެރިންގެ ކޯލިޝަނެއްގެ ވާހަކައެއް ނޫން. ފިލްމު ހަދާ ކޯލިޝަނެއްގެ ވާހަކައެއް ވެސް ނޫން. ނޫނީ ސޯޝަލް މީޑިއާ ކޯލިޝަނެއްގެ ވާހަކައެއް ވެސް ނޫން. ޒަކީ ވާހަކަ ދެއްކީ، ޒަކީ ކޮންޓްރިބިއުޓް ކުރާ އިންޑަސްޓްރީގެ ކަންތައްތައް ކުރީގައި ހުރި ގޮތުގެ ވާހަކަ. ދުވަހަކުވެސް ނުބުނަން ވަކި މީހަކު ހަޑިކޮށް ލަވަކިޔައެކޭ. މި ބުނަނީ ކުރީގައި މީހުންގެ ފިކުރީ މުދަލުން ވެސް ވައްކަން ކޮށްފަ، ކުރެވިފަ އެބަހުއްޓޭ. އެއީ ކުރީގަ އިން ސްޓޭންޑާޑެއް"

ޒަކިއްޓެ ބުނީ ރާއްޖޭގައި ހުނަރުވެރި އެތައް ބަޔަކު އެބަތިބި ކަމަށާއި، އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާނަމަ އެ ހުނަރުވެރިން ހޯދައި އެމީހުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ހޫސް ހީ ؟ ސަޕޯސްޓްބީ އަ ސެލެބްރިޓީ ؟؟

    5
    1
  2. އައްޔަ

    ކޮން ޒަކިއްޓެ އެއް؟؟ ތި ކާކު؟؟؟؟ އަމިއްލަ އަށް މާމޮޅު މީހަކަށް ވެގަނެގެން.. ހެހެހެ..

  3. ޙިމަ

    ކޮން ޒަކިއްޓެ އެއް