"އެންމެ ބޮޑަށް ހިތުގަ ޖެހޭ ކަމަކަށް މި އޮންނަނީ ކިޔެވުމުގެ ކަންތައް. އޭރު ދެން މާލެ ސަރުކާރުގެސުކޫލަަކަށް ކިޔަވަން ދެވެނީ ބޮޑެތި ބޭފުޅުންގެ ދަރިންނަށް" ކުޑައިރުގެ ހިތި ހަނދާން ތަކަށް ނަޒަރެެއް ދިނުމާއި އެކު އޭރުގެ ހާލަތު އެންމެ ޖުމްލައަކުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ފިލްމީ ތަރި މޫސާ މަނިކު (ރީކޯ މޫސާ)ބަޔާން ކޮށްދިނެވެ.

ބައިސްކޯފުން ގެނެސްދޭ ރީލް ޓު ރިއަލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވަނީ ކުޑައިރުގެ އެތައް ހަނދާނަކާއި، ކުރެވުނު އެތައް ތަޖުރިބާއެއް ހިއްސާ ކުރައްފާއެވެ.

ކުޑައިރު އުޅުނީ ވަރަށް ނިކަމެތި ހާލުގައިކަން ރީކޯގެ ވާހަކައިން ފާހަގަވެއެވެ. އެ ދިރިއުޅުމުގައި މަޖާ ވެސް އެތައް ކަމެއް ދިމާވެފައިވާކަމަށް ރީކޯ ވިދާޅުވިއެވެ. އެގޮތުން އޭނާ ވަނީ ބައެެއް ވާހަކަ ހިއްސާ ކޮށްފައެވެ.

އެގޮތުން ކިޔަވައިގެން އައިސް ފިލާވަޅު ދަސްނުކޮށް ފޮތްތައް ބަހައްޓާފައި ދަނީ މޫދަށް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެގޮތަށް ގެޔާ ދިމާލުން އެހެން މޫދަށް ގޮސް އުޅުމުގެ ތެރޭގައި އާދަޔާ ހިލާފު ކަމެއް ދިމާވެފައިވުމުން އެވާހަކަ ބެލުންތެރިންނާއި ހިއްސާ ކުރެއްވިއެވެ.

"އޭރު ދަނީ ރާޅާ އަޅަން. ބޮޑަތި ރާޅު ނަގާ ދުވަހަށް ބޮޑުއަށިން މަޅުގަނޑު ނަގައިގެން ދަނީ. ދެން އެއްދުވަހު ރާޅާ އަޅާފައި އައިސް ތެދުވި އިރަކު ނެތް ސޯޓެއް. ސޯޓު އޮޔާ ދިޔައީ. ސޯޓު އިންނަނީ ބަނދެެފަ. ދެން ހުސްގަޔާ ނުދެވޭނެެތީ އޮތީ މޫދުގަ. އޭރު 02:30 ވެއްޖެ. ދެން އިރު އޮއްސެންދެން އޮތީ މޫދުގައި" ދިމާވި މަޖާ ކަންތައް ކިޔާދެއްވަމުން މޫސަ ވިދާޅުވިއެވެ.

އަދި މީހަކަށް ފެނިދާނެތީ އިރު އޮއްސެންދެން މޫދުގައި އޮވެފައި ގެއަށް ދިޔަ މަގުމަތީ މީހަކަށް ފެނުނު ކަމަށް މޫސަ ވިދާޅުވިއެވެ.

އެންމެ ކުރިންވެސް މުއްސަނދި ވުމަކީ އެންމެ އުންމީދު ކުރަމުން އައި ކަންތައް ކަމަށް މޫސަ ވިދާޅުވިއެވެ. އިލްމު އުނގެނެން ބޭނުންވި ކަމަށާއި، އުޅެން ޖެހިފައިވާ ނިކަމެތި ހާލުގެ ސަބަބުން ކިޔެވުމުގައި ހުރަސްތަކެއް ހުރުމުން އެކަން މާ ކާމިޔާބު ނުވީ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުރޮޅި

    ރާޅާއަޅާފައި އައިސް ތެދުވިއިރު ސޯޓެއް ނެތް. ކުރޮޅި ތަޅާފައި ނުކުތްއިރު މޯލުގެ ހަސްފަސް ނެތް.

  2. އޔ

    ކިހިނެއްތޯ މިނިކުފާނުގެ އެއްބަނޑު ދޮށީ ބޭބެ ކިޔެވީ.. ތުހާ ފަގީރު ހާލުގަައި؟...

  3. Anonymous

    ސޯޓައް ތައްކޮޅެއްބަލައިލައިގެއް އުޅެއްވެޖެއްނު😂🤣

  4. ހުސޭނުބޭ

    އެކަމުގެ ބަދަލުވެސް ހިފީ މައުމޫނުގެ ކިބައިންތަ؟

    6
    3
  5. ޙހހހ

    ރީކޯމެން މިޤައުމުގެ އިޖްތިމަޢީ ފޭރާން ހަލާކުކޮށްލީ ، އިންސާފްގެ ނަމުގައި ، ތިބުނާ ރާޅާ އެޅި ސޯޓުވެސް ކީއްވެ މައުމޫނު ބޮލަށް ނުޖެހީ

    9
    1
  6. ކުޑަކާށި

    ފިލްމުކުޅެ ނިމުނުއި ރު މަ ރިއަން ނިޝާ އެއްވެސް ނެތް ، ސޯޓްއެކަޏެއްނޫން ނެތީކީ..........

    5
    3
  7. މަސްއޫދު

    މޫސާމަނިކުފަދަ ޑުރާމާކުޅެންތެެރިންނަށް ހަމަކުޅޭވޭނެ އެއްޗަކީ ހަމަ ޑުރާމާކުޅުން! ރައީސްޔާމީނަށްވެސް ވަރަށްސާފުކޮށް މިކަން އެގިވަޑައި ގަންނަވާ!

  8. އަމްސޫދާ / ލާމް

    މާކަ ކަމުދާ މީހެއްނޫން.
    އިނގޭނެ މިބުނީ ކީކޭކަން