ދުނިޔޭގެ އެތައް މިތަނުގައި ފާމް ލޭންޑްގެ ގޮތުގައި ބޭނުން ކުރާ ތަންތަނުގައި ހަދާފައި ހުންނަ އުސް ޓަވަރުތައް ހުންނާނީ ފެނިފައެވެ. އެފަދަ ޓަވަރުތަކަކީ އާއްމުކޮށް ގަސް އިންދުމަށް ބޭނުން ކުރާ އުފެއްދުންތައް ބަލްކްކޮށް ބަހައްޓަން ހަދާފައި ހުންނަ ޓަވަރުތަކެވެ. އެ ޓަވަރުތަކަށް ކިޔާ ނަމަކީ ސިލޯ އެވެ. އޭގައި ބައެއް ފަހަރު ގަސްކާނާ އާއި ފަސްތަކާއި، އަދި ބައެއް ކާބޓޯތަކެތިވެސް ބަހައްޓާފައު ހުރެއެވެ.

އާއްމުކޮށް މިފަދަ ސިލޯތައް އެތައް އަހަރެއް ވަންދެން ހުންނަ ކަމަށް ވެއެވެ. އަދި އެެފަދަ ސިލޯތައް ހަލާކުވުމުން އަލުން އިމާރަޔްވެސް ކުރެއވެެ.

މިހާރު މީސް މީޑިއާގައި ދަނީ އެފަދަ ޓަވަރެއް ބިމާ ހަމަވާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންނެވެ.

މި މަހުގެ ކުރީކޮޅު އާއްމުވި އެ ވީޑިއޯއަކީ އެމެރިކާގެ ޕެންސިލްވޭނިއާގެ ފޮމްބެލްގައި ހުންނަ ދަނޑެއްގައި ހަދާފައިވާ ޓަވަރެކެވެ. އެ ޓަވަރަށް ބަލާފައިވެސް އެއީ ވެއްޓެން ކައިރިވެފައި އޮތް ޓަވަރެއްހެން ހީވެއެވެ. އެހެންވެ އެ ސިލޯ ވެއްޓިގެން މީހަކަށް އަނިޔާވުމުގެ ކުރިން އެދަނޑު ބަލަހައްޓާ މީހުން ބޭނުންވީ އޭތި ބިމާ ހަމަކޮށްލާފައެވެ.

އެ ވީޑިއޯ ފަށަނީ އެ ޓަވަރުގައި މާރުތޭލެއް ކަހަލަ އެއްޗަކުން ޖަހާ އަޑެވެ. މިގޮތަށް ޖެހިފަހުން ދެން ފެންނަނީ އެ ސިލޯ އަށް ގުޑުން އަރާ ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. އަދި އެ ސިލޯ ހިރަފުހަށް ވާ މަންޒަރު ފެނިގެން ދެއެެެވެ.

މި ވީީޑިއޯ ބެލި މީހުން ކޮމެންޓްކޮށް އެތައް ވާހަކައެއް ދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު