އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކު 10 މަސް ވަންދެން ކޮވިޑް-19 ޖެހިފައި ހުރިކަން ހާމަވެއްޖެއެވެ.

އުމުރުން 72 އަހަރުގެ އެ މީހާ ހުރީ ފާއިތުވެދިޔަ 10 މަސް ތެރޭގައި ކޮވިޑް ޖެހިފައެވެ. އޭނާއާ ގުޅޭ ދިރާސާގައި ބުނެފައި ވަނީ، އޭނާއަކީ މިހާ ގިނަ ދުވަސް ވަންދެން ކޮވިޑް ޖެހިފައި ހުރި ފުރަތަަަމަ މީހާ ކަމަށެވެ.

ޑޭވް ސްމިތް ނަމަކަަށް ކިޔާ އެ މީހާ އަކީ އިންގްލޭންޑްގެ ބްރިސްޓޯލްއަށް ނިސްބަތްވާ ޑްރައިވިންގ އިންސްޓްރަކްޓަރއެެކެވެ. އޭނާ ބުނެފައިވާގޮތުގައި، އޭނާ 43 ފަހަރަށް ޓެސްޓު ކުރިއިރުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އޭނާ ހަތް ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރި ކަމަށާއި، ޖަނާޒާ ކަންތައްތައް ކުރިއަށްގެންދިއުމަށް ޕްލްންތައް ހެދި ކަމަށްވެސް ބުންޏެެވެ.

"އަހަރެން އަމިއްލައަށް ނިންމިން މަރުވާނެ ކަމަށް، އަދި އާއިލާއަށް ގުޅާފައި އެންމެ ފަހުގެ ސަލާމުން ސަލާންވެސް ކުރިން".

އޭނާއާއެކު ގޭގައި ކަރަންޓީންވެގެން ހުރި އޭނަގެ އަންހެނުން ލިންޑާ ބުނީ، ޑޭވް އެ ބަލިން ސަލާމަތް ނުވެދާނެ ކަމަށް އަބަދުވެސް ވިސްނުން ހުންނަ ކަމަށެވެ.

ބްރިސްޓޯލްގެ ޔުނިވާސިޓީ އޮފް ބްރިސްޓޯލްގެ އިންފެކްޝިއަޒް ޑިޒީސް ކޮންސަލްޓަންޓް އެޑް މޮރަން ބުނީ، އޭނާގެ ހަށިގަނޑުގެ ތެރޭގައި ވައިރަސް ހުރީ އެކްޓިވްކޮށް ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށް ޔުނިވާސިޓީގެ ޕާޓްނަރުންނަށްވެސް ފޮނުވި ކަމަށް ބުންޏެވެ.

ޑޭވް އެ ބަލިން ރަނގަޅުވެފައި ވަނީ، އެމެރިކާގެ ބަޔޯޓެކް ފާމް ރީޖެނެރޮން އިން އުފެއްދި ސިންތެޓިކް އެންޓިބޮޑީސް ބޭނުން ކޮށްގެންނެވެ.

އޭނާއަށް ބަލި ޖެހިގެން އެތައް ދުވަހެއް ފަރުވާދިންއިރު، އޭނާ ނައްސިވެފައި ވަނީ އެ ބޭސް ދޭން ފެށިތާ 45 ދުވަސް ފަހުންނެވެ. އެއީ އޭނާ ކޮވިޑަށް ފައްސިވެފައި ހުންނަތާ 305 ދުވަސް ފަހުންނެވެ.

ޑޭވްއަށް ދިން ފަރުވާއަކީ އަދި އޮފިޝަލްކޮށް ބޭނުން ކުރަމުންދާ ފަރުވާއެއް ނޫން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު