ބާރަށް އަޑުހަރުކޮށް ލަވަކިޔުމަކީ އެތައް ގޮތަކުން މީހާއަށް ފައިދާކުރުވާ ކަމެއްކަމަށް ސައިކޮލޮޖިސްޓުން ބުނާ އަޑު އަހަންތޯ؟ މިގޮތުން ސައިކޮލޮޖިސްޓުން ބުނާގޮތުގައި ބާރަށް ލަވަކިޔުމަކީ މީހާއަށް އުފާވެރިކަން ގެނުވާ ކަމެކެވެ. މިއީ ގިނަ މިއުޒިކް ފަންނާނުންވެސް ފަރިތަކުރުމަށްޓަކައި ކުރާ ކަމެކެވެ. އެހެންނަމަވެސް މިގޮތަށް އަމަލުކުރުމުން ކޮންމެ މީހަކަށްވެސް ހަމަ އެތައް ގޮތަކުން އެތައް ފައިދާތަކެއް ލިއްބައިދޭނެއެވެ.

ލަވަކިޔުމަކީ ބައެއް މީހުންނަށް ލިބިފައިވާ ހުނަރެއްކަމުގައިވީނަމަވެސް ބާރަށް ލަވަކިޔުމަކީ އެންމެންނަށްވެސް ކުރެވިދާނެ ކަމެކެވެ. އަދި މިގޮތަށް ލަވަކިޔުމުން މީހާގެ އިހުސާސްތައް ބޭރުވެ މީހާގެ ހިތަށް ފިނިކަމެއް ގެނުވާނޭކަމަށް ސައިކޮލޮޖިސްޓުން ދެކެއެވެ. ބައެއް ހާލަތްތަކުގައި ޑިޕްރެޝަން އަދި އަވަސް އަވަހަށް ކަންކަމާއި ހާސްވާ މީހުންނަށްވެސް މިއީ ވަރަށް ރަނގަޅު ފަރުވާއެކެވެ.

އެކަނިވެރިކަމުގެ އިތުރުން އެހެނިހެންވެސް ސައިކޮލޮޖިކަލް މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް މިކަމުން ލިބިދޭކަމަށް ބެލެވިފައިވާއިރު އިނގިރޭސިވިލާތުގައި ލަވަކިޔުމަށް ހާއްސަކުރެވިފައިވާ ބައެއް ވޯކްޝޮޕްތަކުގައި ނަފްސާނީގޮތުން އެކި އެކި މައްސަލަތަކާއި ކުރިމަތިވެފައިވާ މީހުންނަށް ބައިވެރިވުމަށް ދަނީ ދައުވަތުދެމުންނެވެ. މިފަދަ ވޯކްޝޮޕްތަކުގައި ގިނަ މީހުންނާއިއެކު ލަވަކިޔުމުން ލިބިގެންދާ ހިތްހަމަޖެހުން އިތުރުވާކަމަށް ބެލެވިފައިވާއިރު މިއީ އެބައެއްގެ އަސްލު އިހުސާސްތައް ބަޔާންކޮށްދީ އެހެން މީހުންނާއި އެކުގައި ގުޅިގެން އުޅުމަށް ލިބިގެންދާ ފުރުސަތެކެވެ.

މިގޮތަށް ލަވަކިޔުމަކީ ބައެއް މީހުންނަށް އެމީހުންގެ ހުނަރުވެރިކަން އިތުރުކުރުމަށްވެސް ލިބިގެންދާ ފުރުސަތެއްކަމުގައިވާއިރު މިއީ މީހާގެ ކަރުގެ މަސްތަކަށްވެސް ލިބިގެންދާ ރަނގަޅު ކަސްރަތެކެވެ. މިއީ މީހާގެ ހިތްވަރު އިތުރުކޮށްދޭވެސްކަމެކެވެ. އިނގިރޭސިވިލާތުގައި ހިންގަމުންދާ މިފަދަ ވޯކްޝޮޕްތަކުން ލިބޭ ފައިދާތަކުގެ ސަބަބުން މިހާރު މިފަދަ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަރީ

    ގަބޫލު ކުރެވޭނެ ކަހަލަ ވާހަކަ ޖަހާބަލަ... ތިވާހަކަ ގަބޫލުކުރަން ދަތި..

  2. ސަނާ

    ދީނީގޮތުން ވަރަށް ނުބައި ކަމެއް

  3. ސާރާ

    ނޫސް ވެރިކަން މެދުވެރިކޮށް ދީނުގާ ހަރާމް ކަންކަން ޕްރޮމޯޓް ނުކޮއްބަލަ

  4. އއ

    އަޑު ހަރުކުރުމަކީ ހިމާރުންގެ ކަމެކެވެ. އެހެންކަމުން އަޑުހަރުކޮށް ލަވަކީކަމުގައިވީނަމަވެސް ވައްތަރުވާނީ ހިމާރަކާއިއެވެ.

  5. ނާށް އަބުދުﷲ

    ހުސް ދޮގު، ބާރައް ލަވަކިޔާ މީހުން ގިނަމީހުން އަމިއްލައްމަރުވަނީ ނަފުސާނީގޮތުން ހިއްހަމަޖެހިގެންތޯ އެއީ މަސްތުވެތިބެ ކުރާ ޝައިތާނީއަމަލެއް!

  6. ހުސޭނުބޭ

    އަޑުހަރުކޮށް އަވަގުރާނަ ގޮވާމީހުންނާމެދުވެސް ކޮންމެވެސް އެއްޗެއް ބުނެލާދިންނަމަ!

  7. ސައިކޯ

    ތިޔާކޫ މުޅިން ރަަނގަޅު ވާހަކަ އަކަށް ނުވޭ . ސަބަބު މިއޮތީ ތިރީގަލިޔެފަ

    ތިބުނާ އަޑުހަރުކޮށް ލަވަކިޔައި އުޅުނު ކޮންމެ މީހަކު މަރުވެފަ އޮންނަނީ އަމިއްލަޔަށް . ދަންޖެހިގެން ނޫނީ އޯވަޑޯޒް ވެގެން.

  8. މުޙަންމަދު

    އަޑު ހަރުކޮ ބާރަށް ޤުރުއާން ކިޔެވީމަ ވަރަ ގިނަ ސަވާބާ ދަރުމަ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ފަިދާވާނެ.

  9. މޫސާ

    އަޑު ހަރުކޮށް ބާރަށް ގުރުއާން ކިޔެވުމަކީ ނަފްސާނީ ގޮތުން ވަރަށް ފައިދާ ހުރި ކަމެކޭ ބުނި ނަމަ ގަބޫލް ކޮށްފީމުސް