ޒަމްބިއާގެ ޓީވީ ޗެނަލަކުން ގެނެސްދިން ހަބަރެއްގެ ތެރެއިން ޓީވީ އެންކަރަކު ނޫސްވެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެފިއެވެ.

އެގައުމުގެ ޓީވީ ޗެނަލެއް ކަމަށްވާ ކޭބީއެން ޓީވީ އިން ގެނެސްދިން ހަބަރެއްގެ ތެރެއިން މުސާރަ ނުދޭ ކަމަށް ބުނެފައިވަނީ އެތަނުގެ މުވައްޒަފެއް ކަމަށްވާ ކަބިންދާ ކަލިމިނާ ނަމަކަށް ކިޔާ މީހެކެވެ.

މުސާރައިގެ ވާހަކަ ދައްކަން ފެށުމުގެ ކުރިން އޭނާ ހުރީ ވަރަށް ހަމަ ޖެހިލައިގެން ކަން އެނގެއެވެ. އެހެން ނަމަވެސް ބައެއް ހަބަރު ތަކުގެ ސުރުހީ ކިޔާލުމަށް ފަހު އޭނާ ވަނީ އޭނާގެ އިހުސާސްތައް ކިޔަން ފަށާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް އޭނާ ބުނީ އެމީހުންނަކީ އެއީ އިންސާނުން ކަމަށާއި މުސާރަ ލިބެން ޖެހޭ ކަމަށެވެ.

"އެހެން ނަމަވެސް ކޭބީއެން އިން އަހަރުމެންނަށް މުސާރައެއް ނުދޭ. ގިނަ މީހުންނަށް ނުދޭ. އަހަރުމެންނަށް މުސާރަ ލިބެން ޖެހޭ" އޭނާ ބުންޏެވެ.

އޭނާ އެހެން ބުނިތާ އިރުކޮޅެއް ނުވަނީސް، އެ ލައިވް އެމީހުން ވަނީ ކަނޑާލާފައެވެ. އޭގެ ފަހުން އޭނާ ވަނީ އެ ވީޑީއޯ ފޭސްބުކުގައި ހިއްސާކޮށް، އެއީ ކަން ހިނގާދިޔަ ގޮތް ކަމަށް ބުނެފައެވެ.

ފޭސްބުކުގައި އެ ވީޑިއޯ އެތަށް ހާސް ބަޔަކު ބަލާފައިވާއިރު، ކޭބީއެން ނޫހުން ބުނެފައިވަނީ އޭނާ ހަބަރު ކިޔަން އަރާއިނީ މަސްތުގެ ހާލަތުގައި ކަމަށާއި އެކަމާއި ގުޅިގެން އޭނާ އަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާއިޒު

    ބޭރު ނޫހެއްގައި އޮތް ޚަބަރެއް ވީމާ، ޚަބަރަކަށް ވީ ދޯ؟ ރާއްޖޭގައިވެސް މިކަން ހިނގާފަ އެބައޮތް. ދީނީ ޢިލްމުވެރިއެއް. ފުންނާބު އުސް ބޭފުޅެއް.