ބޮލީވުޑްގެ ފިލްމީތަރީންގެ ތެރެއިން ކަރީނާ ކަޕޫރް ފާހަގަ ކުރެވެނީ ބުނަންޖެހޭ އެއްވެއް އެއްވެސް ޖެހިލުމަކާ ނުލައި ބުނެލާ ޖެހިލުން ކުޑަ އެކްޓަރެއްގެ ގޮތުގައި އެވެ. ފިލްމީ ކަރިއަރުގައިވެސް ގަޔާވާ އެތައް ފިލްމެއް ކުޅެފައިވާ ކަރީނާ މިވަނީ ފިލްމީތަރި ސަލްމާން ހާން ކަމަކުނުދާކަމަށް ބުނެ ސަލްމާން އަކީ ބޭޑް އެކްޓަރެއް ކަމަށް ބުނެފަ އެވެ.

ފިލްމީ ތަރީންނަކީ އަސްލު ހަގީގަތުގައިވެސް ދިރިއުޅުމުގައިވެސް ވަރަށް ޑްރާމާ ބޮޑު ބައެއްކަން މިފަދަ ކަންކަމުން ހާމަވެ އެވެ. އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކަރީނާ ވަނީ ސަލްމާން ގަޔާނުވާ ސަބަބު ބުނެފަ އެވެ.

"އަހަންނަކީ އެއްގޮތަކަށްވެސް ސަލްމާން ހާންގެ ފޭން އެއް ނޫން. އަހަންނަކަށް އޭނާ ކަމަކު ނުދޭ. އެއީ ވަރަށް ބޭޑް އެކްޓަރެއް." ކަރީނާ އިންޓަވިއުގައި ބުންޏެވެ.

ސަލްމާން އާއި ހިލާފަށް ޝާހް ރުކް އަކީ ކަރީނާ ވަރަށް ގަޔާވާ އެކްޓަރެވެ. އޭނާ ބުނީ ޝާހް ރުކް އަށް ހުރިހާ އަންހެނުން ހިތް ޖެހޭ ކަމަށެވެ.

ކަރީނާ ބުނީ އޭނާ އެންމެ ގަޔާވާ ދެ އެކްޓަރުންނަކީ އަމީތާބް ބައްޗަން އާއި ޝާހް ރުކް ކަމަށެވެ. އަދި އެމީހުން ދެކެ ގަޔާވާ ސަބަބު ކިޔައިދޭން އެތައް ގަޑިއިރެއް ނަގާނޭ ކަމަށް އޭނާ ބުންޏެވެ.

ކަރީނާ އިތުރަށް ބުނެފައިވާގޮތުގައި ޝާހް ރުކްގެ އެކްޓިން އޭނާ އަށް ވަރަށް ކަމުދެއެވެ. އަދި ހުރިހާ އަންހެން ކުއްޖަކުވެސް ޝާހް ރުކް ކަހަލަ ފިރިހެނަކު އެކުދިންގެ އާއިލާއަށް ތައާރަފް ކޮށްދޭން ގެންދާނެ ކަމަށް ކަރީނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  އޯ ހީވޭ ކޮންމެވެސް ނުބައެއް ތިދެމެދުގަ ހިނގާފަ ހުރިހެން.

  5
  1
 2. ތުއިތަޅުވާ

  ތިވާނީ ޝާހުރުކު ހާނަށް ވުރެ ސަލްމާން ހާންގެ ފޭނުން ގިނަވީމަ ޖޭވަނީ ކަމަށް. އެކަމަކު ކަރިޝްމާއަކީ ސަލްމާންގެ ބެސްޓް ފުރެންޑެއް ކަހަލަ ފުރެންޑެއް

  4
  1