ބިދޭސީ ޓީޗަރުންތަކެއް ދިވެހި ލަވައެއް ކިޔާ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

މިހާރު މީސް މީޑިއާގައި އާއްމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ އިންޑިއާ މީހުން އަޅާ ކަހަލަ ހެދުން އަޅައިގެން ތިބި ހަ ބިދޭސީއަކު، ކުުޑަކުދިންނަށް ހާއްސަ ލަވައެއް ކަމަށްވާ "އޭ ބަލަ ކޮއްކޯ އޭ ކޮއްކޯއޭ ހީލަބަލާ" ލަވަ ބަދަލުކޮށްލައިގެން ކިޔާތަނެވެ. އެ ލަވަ ކިޔާފައި ވަނީ ބައްޕައިންނަށް ހާއްސަކޮށްގެންނެވެ.

އެ ޓީޗަރުން އެ ލަވަ ކިމުން ގޮސްފައި ވަނީ ގަޑެއްގައި ލިޔެގެން އެ ގަޑަށް ބަލައިގެންނެެވެ. މަޖަލާ ސަކަރާތުގައި ޓީޗަރުން އެ ލަވަ ނިންމާލިއިރު، އެ ލަވަ އެ ހަރަކާތް ބެލުމަށް އެތަނުގައި ބަޔަކު ހަރަކާތްތެރިވާ އަޑުވެސް އެ ވީޑިއޯއިން އިވިގެން ދެއެވެ.

މިއީ ބައްޕައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކިޔާފައިވާ ލަވައެއް ކަމަށް ބެލެވެއެވެ. ބައްޕައިންގެ ދުވަހަކީ ޖޫން 20 ވަނަ ދުވަހެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ހިއްސާ ކުރި ފަރާތަކުން ބުނެފައި ވަނީ އެޑިއުކޭޝަނުން ގެންނަ އިންޑިއާ ޓީޗަރުންގެ ޓީމް ދިވެހި ބަހުގެ ތަމުރީނުތައް ފަށާފައިވާ ކަމަށެވެ.

މިގޮތަށް ބައެއް މީހުން ވާހަކަދައްކަން ފަށާފައިވާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ވަނީ ގެނެސްފައެވެ. އަދި އެގޮތަށް ކަންތައް ކޮށްފައި ވަނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙެހެ

    އަދިކިރިޔާ ކަލޭމެނަށް ތިފެނުނީ... އެކުދިން މަދުވެގެން ފަސް އަހަރު ކިޔަވައިދީފަ އެކުދިންގެ ރަށަށްވެސް ހިނގައްޖެ👏... ސާބަހޭ މަގޭ ޓީޗަރުން

    19
    2
  2. އަލިފުށި ދަރިއެއް

    ތިއައީ އަލިފުށީ ސްކޫލުގައި ބިދޭސީ ޓީޗަރުން ކިޔާފައިވާ ލަވައެއް.

    3
    1
  3. ޑިމޯ

    ބުރުގާ ދިވެހިން ނާޅާ ޒަމާނުގަ ދިވެހިން ވެސް މިގޮތަށް ހެދުން އެޅި. މި ހެދުން ތައް ލާ އުޅުނު! އިންޑިޔާ މީހުން އަޅާ ގޮތަށް ހެދުން އަޅާގެނޭ ބުނީމަ މަށަށް ކުޑަކޮށް އައިބު ނުވަތަ އޮޑް ސަބަބަކީ އަހަރެން ހަދާން އެބަހުރި ދިވެހިން ވެސް މި ކަހަލަ ދޯޕައްޓާ ހެދުން ލައި އުޅުނު ހަދާން! މާ ފަހުން ރާއްޖެ ބުރުގާ އަށް ބަދަލް ވެ މީޙުންގެ ވިސްނުން ވެސް ބަދަލްވީ! އޭރު އޮނަނަނީ ހިންދީ ރާގަށް ލަވަ ހެދުމާ ޓީވީ އިން ހިންދީ ފިލްމާ ލަވަ ފޮނުވުން! މިހާރު އިންޑިޔާ މާ ދުރު ބަޔަކަށްވީ ހާބިޒަމް ޑިމޮކްރަސީ އާ އެކު ވަކި ހިއްޕާލީމަ!

    10
    13
  4. 😑

    ބައްޕައިންނަށް މަލާމަތްކޮށްފަ!

    1
    2