ބޭރު ދުނިޔޭގައި މަޝްހޫރު ފަންނާނުންނަކީ އެމީހުންގެ ފޭނުންގެ މެދުގައި ވަރަށް ހާއްސަ ދަރަޖައެއް ދެވިފައިވާ ބައެކެވެ. އެމީހުންގެ އުޅުމާއި ލާހެދުމުން ފަށައިގެން ކާކެއުމަށް ވެސް ފޭނުން ތިބެނީ ބަލަބަލައި އެގޮތަށް އެކަމެއް ކުރަން ކެތް މަދުވެފަ އެވެ. މިކަމުގައި މުއްސަނދިންނާއި ފަގީރުންގެ ތަފާތެއް ނެތް އިރު އެމީހެއްގެ ލެވެލްގައި ފަންނާނުންނަށް ފޭނުން ސަޕޯޓް ކުރެ އެވެ.

މަޝްހޫރު ފަންނާނުން ބޭނުންކޮށްފައިވާ ހެދުމެއް، ބޫޓެއް ނުވަތަ މިފަދަ އެހެން އެއްޗެއްވެސް ބޮޑު އަގުގައި ގަތުމަކީ ބައެއް މުއްސަންދިންގެ އާދަ އެކެވެ. މިއީ އެންމެ 4 ޑޮލަރަށް(74 ރުފިޔާ) އަށް ގަނެފައިވާ ކުރެހުމެއް 90،000 ޑޮލަރަށް(1.6 މިލިއަން ރުފިޔާ) އަށް ވިއްކާލި ހާދިސާ އެވެ.

ބްރިޓިޝްގެ މަޝްހޫރު ޕޮޕް އާޓިސްޓް ޑޭވިޑް ބޯވީ ކެނެޑާގެ ފިހާރައަކުން ހަތަރު ޑޮލަރަށް ގަތް ކުރެހުން ޓޮރޮންޓޯގެ ނީލަމަކުން މިވަނީ 1.6 މިލިއަން ޑޮލަށް ވިއްކާލާފަ އެވެ.

ކޯލޭ އެބޮޓް އިން މި ކުރެހުން ކުރިން ނީލަން ކިޔާފައިވާއިރު އޭރު މި ކުރެހުން ނީލަން ކިޔާފައިވާ އަގަކީ ނުވައެއް ނުވަތަ ދިހަ ހާސް ޑޮލަރަށެވެ. އެފަހަރު މި ކުރެހުން ގަނެފައި ވަނީ އެމެރިކާ މީހެކެވެ.

24 ސެންޓިމީޓަރާއި 20 ސެންޓިމީޓަރުގެ މި ކުރެހުން ފުރަތަމަ ވިއްކާފައި ވަނީ 2001 ވަނަ އަހަރު ބޭރުގެ ވެބްސައިޓަކުންނެވެ.

މި ކުރެހުމަކީ ބޯވީގެ އާޓް މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. އޭނާ މަރުވުމަށްފަހު އޭނާގެ ގިނަ ކުރެހުންތަކެއް އެތައް ހާސް ޑޮލަރަށް ވިކިފައިވާކަމަށް ކޯލޭ ބުނެ އެވެ.

ބޯވީ މަރުވެފައި ވަނީ އޭނާގެ 25 ވަނަ ލަވަ އަލްބަމް ރިލީޒް ކުރިތާ ދެވަނަ އަށްވީ ދުވަހު އެވެ. ބޯވީ މަރުވެފައި ވަނީ ކެންސަރު ބަލީގައި އުމުރުން 69 އަހަރުގައި 2016 ވަނަ އަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހުގައި އެވެ.