މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ބޮލީވުޑުގެ އެކްޓަރ ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ މައްސަލައާއި ގުޅިގެން ބޮލީވުޑުގެ 8 ފަންނާނަކަށް ކޮށްފައިވާ ދަޢުވާ ބާތިލު ކޮށްފިއެވެ.

ސުޝާންތު އަމިއްލައަށް މަރުވާންް މަޖުބޫރު ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަންނާނުންނާއި ޚިލާފަށް ބިހާރުގެ މުޒައްފަރުޕޫރުގެ ކޯޓަށް ހުށަހަޅާފައިވާ މި ޕެޓިޝަން ވަނީ ބާތިލު ކޮށްފައެވެ.

ފިލުމުތަކުން ފުރުސަތު ނުދިން މައްސަލައާއި ކުޅެފައިވާ ފިލުމުތައް ރިލީޒް ނުކުރުން ފަދަ އެތައް މައްސަލަތަކެއްގެ ތުހުމަތުގައި ކޯޓަށް ހުށަހަޅާފައިވާ މި ޕެޓިޝަންގައި ހިމެނެނީ އެކްޓަރ ސަލްމާން ޚާނާއި ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއާއި ޑައިރެކްޓަރ އެކްތާ ކަޕޫރާއި އާދިތުޔާ ޗޯޕްރާއާއި ބުޝަން ކުމާރުއާއު ދިނޭޝް ވިޖެޔަންއާއި ސާޖިދު ނަޑިއަޑްވާލާއެވެ.

މިދިޔަ އަހަރު ސުދީރު ކުމާރު ހުށަހަޅާފައިވާ މި މައްސަލަ ކޯޓުގެ އިސް ގާޒީ ވަނީ ބާތިލް ކޮށްފައެވެ. އެއީ އެ ޕެޓިޝަންގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ބުނެއެވެ. ސުދީރު ވަނީ އަނެއްކާ ވެސް މި ޕެޓިޝަން އައުކޮށް ކޯޓަށް ހުށަހަޅާފައެވެ.

މި ޕެޓިޝަން ބާތިލު ކޮށްފައިވާ އަސްލު ސަބަބު ފަހުން ހާމަ ކުރާނެ ކަމަށް ވެސް މުޒައްފަރުޕޫރުގެ ކޯޯޓުގެ ގާޒީ ވިދާޅުވެފައިވެއެވެ.

ޕެޓިޝަން ބާތިލު ކުރުމާއި ގުޅޭގޮތުން އެކްތާ ކަޕޫރުގެ ވަކީލް ޕްރިޔާ ރާންޖަން ބުނެފައިވަނީ ކޯޓުގެ އެ ނިންމުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މައްސަލައަކީ ކޯޓުން ބޭރު މައްސަލައެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޚަބަރުތަކުގައިވާ ގޮތުން މި މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށް ސުދީރު ބުނެފައިވެއެވެ.