ޗައިނާގެ ދެކުނު ސަރަހައްދެއްގައި އަންހެނަކު ބަނގުރާ ބޮއެގެން ފާހާނާ އަށް ވަދެ އުޅެނިކޮށް ފައި ފާހާނާތަށީގައި ތާށިވެ އެންމެ ފަހުން ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ އެހީ ހޯދަން ޖެހިއްޖެއެވެ.

މިހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންހެން މީހާ ވަރަށް ގިނައިން ބަނގުރާ ބޮއެގެން ފާހާނާ އަށް ވަދެ އުޅެނިކޮށް އޭނާގެ އެއްފައި ވަނީ ފާހާނާތަށީގެ ތެރޭގައި ތާށިވެފައެވެ. ފައި ނަގަން އޭނާގެ އާއިލާ މެންބަރުން ކުރި މަސައްކަތުން ކާމިޔާބެއް ނުލިބުމުން ވަނީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ގުޅާފައެވެ.

ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުން ވަނީ އެގެއަށް ގޮސް ފާހާނާގެ މުށިގަނޑު ތަޅާލައިގެން އަންހެން މީހާގެ ފައި ސަލާމަތްކޮށްފައެވެ. އޭނާގެ ފައި ސަލާމަތް ކުރިއިރު ފައި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

އޭނާ އަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.