ބޮލީވުޑު ފިލުމުތަކަކީ އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް މީހުން ވަރަށް ފޯރިއާއެކު ބަލާ ފިލްމުތަކެކެވެ. ބޮލީވުޑްގެ ފިލްމުތައް ކަމުދާ ދިވެހިން ވެސް ގިނަ އަދަދަކަށް އުޅެއެވެ.

ކޮވިޑް-19 ގެ ސަބަބުން ފިލުމީ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ ވެސް މަސައްކަތްތައް ވަނީ ފަށައިފިއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެތައް ފިލުމެއް އަޅުވާ ތާރީޚުތައް މިވަނީ އިއުލާން ކޮށްފައެެވެ.

ބެލް ބޮޓަމް

އަކްޝޭ ކުމާރާއި ހުމާ ގުރޭޝީ އާއި ވާނީ ކަޕޫރު ފެނިގެންދާ މި ފިލުމު އަޅުވާނެ ތާރީޚަކީ މި އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހެވެ.

އަތުރަންގީ ރޭ

އަކްޝޭ ކުމާރާއި، ދަނުޝްއާއި ސާރާ ޢަލީ ޚާން އަދި ރިތިކް ރޯޝަން ފެނިގެންދާ މި ފިލުމު ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަހަރުގެ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުއެވެ.

ބޫތު ޕޮލިސް

ސައިފް އަލީ ޚާނާއި ޖެކުއެލިން ފެނާންޑަޒް އާއި ޔައްމީ ގޯތަމް އަދި ފާތުމަތު ސަނާ ޝޭއިޚް އާއި އަރުޖުން ކަޕޫރު ފެނިގެންދާ މި ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ.

މެއިދާން

އަޖޭ ދޭވްގަންއާއި ކީރްތީ ސްރޭޝްގެ މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޖާޒީ

ކުރިކެޓާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ފިލުމުން ފެނިގެންދާނީ ޝާހިދު ކަޕޫރުއެވެ.

މީގެއިތުރުން ވެސް ބޫލް ބުލައްޔާ 2، ލާލް ސިންގް ޗައްޑާ، އެކް ވިލަން ރިޓާން ފަދަ ފިލުމުތައް ވެސް މި އަހަރު ފަހުކޮޅުގައި އަޅުވަން ވަނީ ތާވަލް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު