ސިކުނޑި ހަމަޖައްސާލުމުގެ ނިޔަތުގައި މީސް މީޑިއާގައި ކުރިއަށްގެންދާ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވާ މީހުން އުޅެއެެވެ. އެއްބަޔަކު އެފަދަ އެކި ގޭމްތަކުގައި ބައިވެރިވެ މަޖާ ކުރެއެވެ. މިއީ މީސް މީޑިއާގައި ދައުރުވަމުންދާ ރިޑިލްއެކެވެ.

ޓްވިޓާގައި މޯހަން ތޯމަސް ނަމަކަށް ކިޔާ ވައިލްޑް ލައިފް ފޮޓޯގްރާފާއެއް އާއްމުކޮށްފައި ވަނީ ފޮޓޯއެކެވެ. އެ ފޮޓޯއިން ސިންގާގެ ވައްތަރެއް ކަަމަށްވާ ލެޕަޑެއް ގަހުގެ ގޮޑިގަނޑެއްގެ މަތީގައި އިށީންދެގެން އިންއިރު، ތޯމަސް އަހާފައި ވަނީ އެ ފޮޓޯއިން ދެވަނަ ލިއޮޕާޑެއް ފެންނާނެ ކަމަށާއި، އޭތި ހޯދުމަށެވެ.

އެ މަސައްކަތް ޓްވީޓާތައި އެތައް ބަޔަކު ފަށައިގަތެވެ.

އެއްބަޔަކު ބޮޅު އަޅައި އެ ޕޯސްޓަށް ކޮމެންޓް ކޮށް ހަދައެވެ. ބައެއް މީހުން އެ މަސައްކަތް ކާމިޔާބުވެސް ކުރިއެވެ.

ޖޫން 25 ވަނަ ދުވަހު އާއްމު ކުރި އެ ޕޯސްޓަށް މިހާތަނަށް 9000 އަށްވުރެ ގިނަ ލައިކްސް ލިބުނެވެ. އަދި 1000 އަށްވުރެ ގިނަ ރީޓްވީޓް ލިބުނެވެ. އަދި 500 އަށްވުރެ ގިނަ ކޮމެންޓް ލިބުނެވެ.

މިފަދަ ފޮޓޯ ހިއްސާކޮށް އާއްމުންގެ ސަމާލުކަން ހޯދާ ބައެއް މީހުންގެ ކޮމެންޓްތައް ވަރަށް މަޖަލެވެ. އަދި ބައެއް މީހުން ކޮމެންޓްކޮށް، އެ ފޮޓޯ ވަރަށް ރީތި ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން މި ފޮޓޯގައި ފިލާ އޮތް ލެޕަޑް ހޯދަން މަސައްކަތް ފަށާފައެވެ. އަދި އެ އޮތްތަން އެނގިއްޖެނަމަ ކޮމެންޓް ސެކްޝަންގައި ލިޔެލާށެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެނިއްޖެ ޔޯ

    ތިއޮތީ ތިކަލޭގެ ދެގޮފިގަނޑު ދޭތެރެއިން ބޯ ދިއްކޮށްގެން..ނިގޫ އެއޮތީ ގޮފިގަނޑުގެ އަނެއް ފަރާތުގަ.

    10
  2. ކަރާ

    ޢޭގެ ނަގޫ ހަމަރީތިކޮށް ފެންނަން އެބައޮތް ދޮއްތަ